ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ތިމާވެށި

ބޮޑުތިލަދުންމަތީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ސިލްސިލާ ބައްދަލުވުންތަކެއް

 • ބޮޑުތިލަދުންމަތިން ހިމާޔަތްކޮށްފައިވާ 15 ސަރަހައްދުގެ ތެރެއިން ކޮންމެ ސަރަހައްދަކަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލާނެ
 • މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ހއ. ހޯރަފުށީގައި 25 ޖަނަވަރީ ގައިވަނީ ބާއްވާފައި
 • މިބައްދަލުވުންތައް 30 ޖެނުއަރީގެ ނިޔަލަށް ކުރިޔަށްދާނެ

ކ. މާލެ | 26 ޖެނުއަރީ 2020 | އާދީއްތަ 07:16 | 2,211

އިހަވަންދިއްޕޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ގުޅޭގޮތުން ކުރިޔަށްގެންދިޔަ ވޯރކްޝޮޕް - އެންވަޔަރަމެންޓް މިނިސްޓްރީ

ތިމާވެށީގެ ގޮތުން ބޮޑުތިލަދުންމަތިން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ގޮތަކާ ގުޅޭގޮތުން އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ކަމާއިގުޅޭ ވުޒާރާތަކާއި އެލް.ޖީ.އޭ އިން ބޮޑުތިލަދުންމަތީގައި ސިލްސިލާ މަސައްކަތު ބައްދަލުވުންތަކެއް ފައްޓަވައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރާ ގޮތުގައި މި މަސައްކަތު ބައްދަލުވުންތަކުގެ މަޤްސަދަކީ މި ސަރަހައްދުގެ ރައްޔިތުންގެ މަޝްވަރާއާއި އެކު ބޮޑުތިލަދުންމަތިން ހިމާޔަތްކޮށްފައިވާ 15 ސަރަހައްދުގެ ތެރެއިން ކޮންމެ ސަރަހައްދަކަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމުވެ. މިގޮތުން، މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ހއ. ހޯރަފުށީގައި 25 ޖަނަވަރީ ގައިވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި އިހަވަންދިއްޕޮޅުގައި ހިމާޔަތްކޮށްފައި އޮންނަ ބިލެއްދޫ ތިލައާއި ގައްލަންދޫ އަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމަށްޓަކައި އިހަވަންދޮއްޕޮޅުގެ ކައުންސިލްތަކާއި ކަމާއިގުޅޭ ފަރާތްތަކާއި މަޝްވަރާކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. މިގޮތުން ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ އަދި ހޯރަފުށީގެ ކަމާއިގުޅޭ ފަރާތްތަކުން ބައިވެރިވެ މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީއާއި ކަމާއިގުޅޭ އިދާރާތަކުން ބޮޑުތިލަދުންމަތީގައި ބޭއްވުމަށް ރާއްވަވާފައިވާ ސިސްސިލާ ބައްދަލުވުންތައް ހއ. ކެލާ، ހދ. ނޭކުރެންދޫ، ށ. ފުނަދޫ، އަދި ނ. ކެނދިކުޅޫދޫ ގައި މަސައްކަތު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. މި ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24ން 30ށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެކުރިން އެކުލަވާލާފައިވާ ބ އަތޮޅު ބަޔޮސްފިއަރ ރިޒާވާއި އައްޑޫ ނޭޗަރ ޕާކް އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ މެނޭޖްމަންޓް ޕްލޭންތަކަކީ އެ ސަރައްދުގައި ދިރިއުޅޭ ފަރާތްތަކުގެ މަޝްވަރާއާއި އެކު އެކުލަވާލާފައިވާ ޕްލޭންތަކެއްކަމަށް މިނިސްޓްރީން ބުނެއެވެ.

ބޮޑުތިލަދުންމަތިން ހިމާޔަތްކޮށްފައިވާ 15 ސަރަހައްދަކީ:

 1. ހއ. ގައްލަންދޫ
 2. ހއ. ބިލެއްދޫ ތިލަ
 3. ހއ. ކެލާ ޗަސްބިން ސަރަހައްދު
 4. ހއ. ބާރަށު ކުޅި ސަރަހައްދު
 5. ހދ. ކޭލަކުނު
 6. ހދ. ފިނޭ ތިލަ
 7. ހދ. އިންނަފުށި
 8. ހދ. ނޭކުރެންދޫ ކުޅި ސަރަހައްދު
 9. ށ. ބޮލިއްސަފަރު
 10. ށ. ނާލާހުރާ ފިނޮޅު
 11. ށ. ފަރުކޮޅު
 12. ނ. ފޮއްދިއްޕަރު
 13. ނ. ކެނދިކުޅުދޫ ކުޅި ސަރަހައްދު
 14. ނ. އޮރިމަސް ތިލަ
 15. ނ. ބޮޑުޅައިމެންދޫ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.