ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 19:51
ސޯލްޝެއާ
ސޯލްޝެއާ
ގޯލް.ކޮމް
ސޯލްޝެއާ
ޔުނައިޓެޑުން ވަގުތު ދޭނެ ކަމުގެ ޔަގީންކަން އެބައޮތް: ޝޯލްޝެޔާ
 
ޔުނައިޓެޑްގެ ބޯޑުން ނިންމީ ސޯލްޝެއާ އާއި އެކު ކުރިޔަށް ދިޔުމަށް

އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑް މިވަގުތު އޮތް ހާލަތު ބަދަލުކުރަން އެކަށޭނެ ވަގުތެއް ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެކުލަބުގެ ކޯޗު އޮލަގުނަ ޝޯލްޝެއާ ބުނެފިއެވެ.

ޝޯލްޝެއާ ބުނީ ބޭރުން މީހުންކިޔާ ހުރިހާ އެއްޗަކަށް ޖަވާބު ދޭން އޭނާ ބޭނުން ނުވާ ކަމަށާއި ކޮންމެ ކޯޗަކަށްވެސް ފާޑުކިޔުންތަކާއި އަމާޒުވާނެ ކަމަށާއި ޖެހޭނީ ފާޑު ކިޔުންތައް ބަލައިގަންނަންކަމަށެވެ. އަދި ކޯޗުކަމާއި ހަވާލުވާއިރު ނަފުސާނީ ގޮތުންވެސް ވަރުގަދަ ވާން ޖެހޭނެ ކަމަށާއި އަދި އެގޮތުގައި އޭނާގެ ކޯޗިން ސްޓާފުން ތިބި ކަމަށް ޝޯލްޝެއާ ވަނީ ބުނެފައެވެ.

ޔުނައިޓެޑް މި ފަހުން ނެރެމުންގެންދާދަށް ނަތީޖާ ތަކުގެ ސަބަބުން އެޓީމުގެ ބޯޑުން ވަނީ ދާދިފަހުން ކުއްލި ބޯޑު މީޓިންގ އެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ޔުނައިޓެޑުގެ ބޯޑުން ނިންމީ ސޯލްޝެއާއާއެކު ކުރިޔަށް ދިޔުމަށެވެ. ސޯލްޝެއާ ބުނީ އޭނާ ކޯޗު ކަމާއި ހަވާލުވީ ޓާގެޓެއް އޮވެގެން ކަމަށާއި އެޓާގެޓް ހާސިލު ކުރުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗު، ލިވަޕޫލް އަދި ބާންލީ އަތުން ޔުނައިޓެޑް ވަނީ ބަލިވެފައެވެ. މި ދެ މެޗުގެ ނަތީޖާއާ އެކު ޔުނައިޓެޑުގެ ކޯޗުކަމާ ދާއިމީކޮށް ސޯލްޝެއާ ހަވާލުވި ފަހުން އެ ޓީމު ލީގުގައި މޮޅުވި މެޗަށް ވުރެ ބަލިވި މެޗު ގިނަ އެވެ. އެހެންވެ ގިނަ ސަޕޯޓަރުންނާއި ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިންގެ ނުރުހުން ވަނީ ސޯލްޝެއާ އަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުން އަންނަނީ ސޯލްޝެއާ މަގާމުން ވަކިކުރުމަށް ފާޅުކަން ބޮޑުކޮށް ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
50%
0%
0%
ކޮމެންޓް