ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 20:51
ފާތިމަތު ދީމާ އަލީ
ފާތިމަތު ދީމާ އަލީ
ޓްވިޓަރ
ގައުމީ 59 ވަނަ ޓޭބަލް ޓެނިސް މުބާރާތް
ރަފާ ބަލިކޮށް ދީމާ ގައުމީ ޗެމްޕިއަންކަން ދިފާއުކޮށްފި
 
ފިރިހެން ސިންގަލްސް ކާމިޔާބުކުރީ މޫސާ މުންސިފް އަހުމަދު
 
ފައިނަލް ދީމާ ކާމިޔާބުކުރީ ސީދާ ހަތަރު ސެޓުން ރަފާ ބަލިކޮށްގެން

56 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި އައިޝަތު ރަފާ ނާޒިމް އަދި ފާތިމަތު ދީމާ އަލީ ބައްދަލުކުރި މެޗު ދީމާ ފަސޭހަކަމާއެކު ކާމިޔާބުކޮށް، ގައުމީ ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކުޅުނު ފައިނަލް މެޗު ދީމާ ކާމިޔާބުކުރީ ސީދާ ހަތަރު ސެޓުން ރަފާ ބަލިކޮށްގެންނެވެ.

މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-07، 11-7، 11-09 އަދި 11-06 އިންނެވެ.

މި މުބާރާތުގެ ފައިނަލުގެ ފިރިހެން ސިންގަލްސް ބައިގަ ބައްދަލުކުރީ މުހައްމަދު ޝައްފާން އިސްމާއިލް އަދި މޫސާ މުންސިފް އަހްމަދެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު މުންސިފް ކާމިޔާބުކުރީ ހަތަރު ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް މުންސިފް ގެންދިޔައީ 12-14، 10-12، 11-08، 09-11 އަދި 05-11 އިންނެވެ.

މި މުބާރާތުގެ 12 އަހަރުން ދަށުގެ އަންހެން ސިންގަލްސް ފައިނަލް މެޗު މިޝްކާ މުހައްމަދު އިބްރާހީމް އަދި މަލާކް ބިންތި މުއިއްޒު ބައްދަލުކުރި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްފައި ވަނީ މިޝްކާއެވެ. 12 އަހަރުން ދަށުގެ ފިރިހެން ފައިނަލްގައި ޒީކް ހަސަން ލަތީފް އަދި ހުސެއިން އާދް ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައި ވަނީ ޒީކް އެވެ.

16 އަހަރުން ދަށުގެ އަންހެން ފައިނަލްގައި ފާތިމަތު ދީމާ އަލީ އަދި އައިޝަތު ރަފާ ނާޒިމް ބައްދަލުކުރި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްފައި ވަނީ ރަފާ އެވެ.

ފުރަތަމަ ޑިވިޝަން އަންހެން ޑަބަލްސް ފާތިމަތު ދީމާ އަލީ އަދި ފާތިމަތު ޖުމާނާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އައިޝަތު ރަފާ ނާޒިމް އަދި ލައިސާ ފަތުހުﷲ ގެ ޕެއަރ އެވެ.

މި އަހަރުގެ ގައުމީ މުބާރާތުގައި 12 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން އަދި ފިރިހެން، 16 އަހަރުން ދަށުގެ އަންހެން، ފިރިހެން އަދި ފުރަތަމަ ޑިވިޝަނުގެ އަންހެން އަދި ފިރިހެން ކުޅުންތެރިން ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ވެޓެރެންސް ޑިވިޝަނުގައި ފިރިހެން ކުޅުންތެރިން ކުޅޭނެއެވެ. އަދި މީގެ އިތުރުން ޓީމު އިވެންޓްގައި ވެސް ކުޅުންތެރިން ވާދަކުރާނެއެވެ. މި މުބާރާތުގައި 15 އަންހެން ކުޅުންތެރިން ބައިވެރިވެފައިވާއިރު ފިރިހެން 32 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް