ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 19:49
ކަތުރުފަނި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން
ކަތުރުފަނި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން
ހައުސިންގް މިނިސްޓްރީ
ހައުސިން މިނިސްޓްރީ
ހުޅުމާލޭގެ ފްލެޓުތަކުގައި ކަތުރު ފަނީގެ މައްސަލަ ބޮޑުވެފައިވާތީ އެނައްތާލުގެ މަސައްކަތް ފަށައިފި
 
މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ 03 މަރުޙަލާއަކަށް ބަހާލައިގެން
 
ފެން ލީކުވުމުގެ މައްސަލަ ހިމެނޭ
 
ފްލެޓުގެ ތެރެއިން މަރާމާތަށް ބޭނުންވެ 35 ފަރާތަކުން 90 މައްސަލައެއް ހުށަހަޅާފައިވޭ

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި ފްލެޓުތަކުގައި ކަތުރު ފަނީގެ މައްސަލަ ބޮޑުވެފައިވާތީ އެ ނައްތާލުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން 704 ފްލެޓުގެ ތެރެއިން މަރާމާތައް ބޭނުންވެ، ހުޅުވާލި ފުރުޞަތު ހަމަވީއިރު، 35 ފަރާތަކުން 90 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މިހާތަނަށް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ފުލެޓަށް ޒިޔާރަތްކޮށް އިންސްޕެކެޓް ކުރެވިފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ މިހާތަނަށް ހުށަހަޅާފައި ހުރީ ފެން ލީކުވުމުގެ މައްސަލައާއި، ކަތުރުފަނީގެ މައްސަލަތަކާއި، ފެންވަޅުތައް ފުންކުރުމުގެ އިތުރުން، ސިޑި ގޮޅި އާއި ޢާންމު ޞަރަޙައްދުގެ ދިއްލުންތައް ރަނގަޅުކުރުމަށް ކަމަށެވެ. އަދި އިންސްޕެކްޝަންސް ކުރިއަށްގެންދިޔައިރު ފާހަގަކުރެވުނު މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފައި ވަނީ ތިން މަރުޙަލާއަކަށް ބަހާލައިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ފެންލީކުވުމުގެ މައްސަލައަށް ޙައްލު ހޯދައި ދިނުމުގެ މަސައްކަތް ފާއިތުވި ހަފުތާގައި ފަށާފައިވާ ކަމަށާއި، މިމަހުގެ 24 ވީ ހުކުރު ދުވަހުން ފެށިގެން ކަތުރުފަނި ނައްތާލުމައް، ކުރަން ޖެހޭނެ މަސައްކަތް ތަކާއި، ކަތުރު ފަނީގެ އަސަރު ކޮށްފައިވާ މިންގަނޑު ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހައުސިން މިނިސްޓްރީން ބުނީ ކަތުރު ފަނީގެ މައްސަލައަށް އަވަހަށް ޙައްލެއް ހޯދައިދޭން ޖެހޭ ކަމަށް ފެންނާތީވެ، އަދި އެމަސައްކަތުގެ ދަށުން ކަތުރު ފަނި ނައްތާލުމަށް، ހޮނިހިރު ދުވަހުގެ 16:00 އިން ފެށިގެން ބްލޮކް 173 ޞަރަޙައްދުގައި ޕެސްޓް ކޮންޓްރޯލް ޓީމުތައް ޙަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ދެން ހުރި މައްސަލަތަކަށް ވެސް ޙައްލުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުގެތެރެއިން މަރާމާތައް ބޭނުންވާ ފްލެޓުތަކުގެ އިންސްޕެކްޝަން ފަށާފައި ވަނީ މިމަހުގެ 07 ވަނަ ދުވަހުއެވެ. ފުލެޓުތަކުގެ މަރާމާތުގެ މައްސަލަ ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ 14:00 ގެނިޔަލަށްށެވެ.

ފުލެޓްތައް މަރާމާތު ކުރުމުގެ މަސައްކަތްކުރާނީ ކޮންޓްރެކްޓަރ، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނާއި ހައުސިންގ މިނިސްޓްރީ އާއި ގުޅިގެންނެވެ. އަދި މި މަސައްކަތުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ވެސް އެހީތެރިވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް