ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 18:23
އެމްޑީޕީން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން
އެމްޑީޕީން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން
އެމްޑީޕީ
ފޮރިން މިނިސްޓަރު ޝާހިދު
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ބަނޑުއަޅާ ވިހޭ ދަރިއެއް، އެދަރި ބިކަވިޔަކަ ނުދޭނަން: މިނިސްޓަރު ޝާހިދު
 
އެހެން ބަޔަކު ކައުންސިލްތަކަށް އަތުވެއްޖެނަމަ މިނިޒާމް ފުނޑުފުނޑުކޮށްލަން މަސައްކަތްކުރާނެ
 
މި އިންތިޚާބުގައި ފުރުސަތު އިދިކޮޅަށް ދީގެން ނުވާނެ
 
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީއިން ރާއްޖެއަށް ގެނެސްދިން ނިޒާމެއް

ލާމަރުކަޒީ ނިޒާމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބަނޑުއަޅައި ވިހޭ ދަރިއެއްކަމަށާއި، އެޕާޓީއިން އެދަރިފުޅު ބިކަވިޔަ ނުދޭނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށްގެންދިޔަ މެނިފެސްޓޯ ވަރކްޝޮޕްތަކުގެ ތެރެއިން ށ އަތޮޅު ފޯކައިދޫގައި ކުރިއަށްދިޔަ އެ އަތޮޅުގެ ވަރކްޝޮޕް ފައްޓަވައިދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ރާއްޖެއަށް ގެނެސްދިން ނިޒާމެއްކަމަށާއި، އެނިޒާމު ދަމަހައްޓަން އެޕާޓީން މަސައްކަތްކުރާނެކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބަނޑުއަޅައި ވިހޭ ދަރިއެއްކަމަށާއި، އަމިއްލަ ދަރިފުޅަށް އަޅާލާފަދައިން، އެނިޒާމު ރާއްޖޭގައި ބިކަވިޔަ ނުދިނުމަށް އެމްޑީޕީއިން މަސައްކަތްކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރާއްޖޭގެ ރަށްތައް ހިންގޭނެކަމަށް ޤަބޫލުކުރާ، ލާމަރުކަޒީ ފިކުރާ އިދިކޮޅު ބަޔަކު ރާއްޖޭގައި އެބަތިބިކަމަށާއި، އެމީހުންނަށް މި އިންތިޚާބުގައި ފުރުޞަތު ދީގެން ނުވާނެކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ޤަބޫލުކުރާ ކެންޑިޑޭޓުން މި އިންތިޚާބުގައި ހޮވަން ޖެހޭކަމަށާއި، އެ ކެންޑިޑޭޓުންނަކީ އެމްޑީޕީ ކެންޑިޑޭޓުންކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީން ޤަބޫލުކުރާ ކެންޑިޑޭޓުން ނޫން އެހެން ބަޔަކު ކައުންސިލްތަކަށް އަތުވެއްޖެނަމަ މިނިޒާމު ފުނޑުފުނޑުކޮށްލަން މަސައްކަތްކުރާނެކަމަށާއި، އެހެން އެކަންވެއްޖެނަމަ ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުމަށް ދެކޮޅު ހެދި ވާދަވެރި ފަރާތްތަކަށް ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަން ފުރުޞަތު ދެވޭނެކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ފުރުޞަތެއް ވާދަވެރިންނަށް ނުދިނުމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކެންޑިޑޭޓުންނާއި ކެމްޕޭނުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކާއެކު ބޭއްވި މި ވަރކްޝޮޕްގައި މިނިސްޓަރ ޝާހިދު ވަނީ އިންތިޚާބުގައި ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެ، އެބޭފުޅުންނަށް ވެސް ހިތްވަރު ދެއްވާފައެވެ. އަދި ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބަޔަކީ އަންހެން މެންބަރުންނަށް ހެދުމަށް ޤާނޫނު އިސްލާޙުކުރެއްވުމަށް އިސްނެންގެވީ ރައީސް ޞާލިޙާއި އެމްޑީޕީކަމަށާއި، އެކަމާއި އެހެން ހުރިހާ ޕާޓީއަކުން ދެކޮޅު ހެދިކަން ފާހަގަކުރެއްވިއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށް ދެކޮޅު ހެދި ބަޔަކު ބޭނުންވާ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވުމަށް ފުރުޞަތު ނުދެއްވުމަށްވެސް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.

މިމަހުގެ 31 ވަނަ ދުވަހު އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުންދާއިރު، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން، މޮޅުވާ ކެންޑިޑޭޓުންގެ ފަހަތަށް އަރަން ޖެހޭނެކަމަށް ވިދާޅުވެ، އެކުވެރިކަމާއެކު ކެމްޕޭން ކުރެއްވުމަށް މިނިސްޓަރު ޝާހިދު އިލްތިމާސްކުރެއްވިއެވެ.

ފޯކައިދޫގެ އިތުރުން ށ އަތޮޅު ނޫމަރާ، ފުނަދޫ އަދި މިލަންދުއަށް ވަޑައިގެން، އެރަށްރަށުގެ ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރެއްވުމަށްފަހުވެސް މިނިސްޓަރ ޝާހިދު މިމޭރުމުން ވާހަކަދެއްކެވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
25%
25%
0%
50%
0%
0%
ކޮމެންޓް
26 ޖެނުއަރީ 2020 | އާދީއްތަ 07:17
ޢަހުރނ
ޢެދަރިއައް އަށް ބޭސް ކުރަންތަ ދަުލަތުގެ ބަޖެޓު ދަތުރުތަކަށް ތިޔަ ތަޅާ ބުރުވަީ