ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 17:55
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (މ) ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު (ކ) އާއެކު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (މ) ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު (ކ) އާއެކު
ރައީސް އޮފީސް
ޝާހިދު
ވޫހާންގައި ތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ
 
ވޫހާންގައި ތިބި ދިވެހިންގެ ހާޅު ރަނގަޅު

ކްރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ތާށިވެފައި ތިބި, ދިވެހި 6 ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ކްރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ވޫހާން ސިޓީގައި ތިބި ދަރިވަރުން އެ ސިޓީން ބޭރަށް ގެންދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށް ހުކުރު ދުވަހު ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ވޫހާންގައި ތިބި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވުހާންގައި ތިބި ދަރިވަރުން އެ ސިޓީން ބޭރަށް ގެންދިއުމަށްޓަކައި ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެ ސިޓީން އެއްވެސް މީހަކު ބޭރު ނުވުމަށް އަންގާ، ޕްރޮޓޮކޯލެއް އެ ޤައުމުގެ ސަރުކާރުން އިޢުލާން ކޮށްފައިވާތީ އެ ކަން ކުރަން ދަތިވެފައިވާތީ، ދަރިވަރުންނަށް ދޭން ޖެހޭ މާލީ އެހީތެރިކަން އިތުރުކޮށްދިނުމަށް ސަރުކާރުން ނިންމީ ކަމަށް މިނިސްޓަރ ޝާހިދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޗައިނާގަ ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ވޫހާންގައި ތިބި ދިވެހިން އެސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމު ހަމަޖެއްސެވުމުގެ ގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލު، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެމްބަސަޑަރ ޒަންގ ލިޒޮން އާއި ހުކުރު ދުވަހު މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި މިކަމާއި ގުޅޭގޮތުން، ބެއިޖިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުގެ ކަމާއިބެހޭ ފަރާތްތަކާއެކު ވެސް މަޝްވަރާކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ވޫހާން ސިޓީގައި ތިބި ބޭރު ޤައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ދީފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ދަރިވަރުން ކިޔަވަމުންގެންދާ ޔުނިވަރސިޓީތައް މެދުވެރިކޮށް އެ ކުދިންގެ ޙާލު ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، މިގޮތުން ދިވެހި ކިޔަވާކުދިންގެ ކަންތައްތައް ވެސް ބަލާނެކަމުގެ ފުރިހަމަ ޔަޤީންކަން ޗައިނާ ސަރުކާރުން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ޙާލު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ގެންދަނީ ވަރަށް ގާތުން ބަލަމުންނެވެ.

ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ސިޓީގައި ތިބި 6 ދިވެހުންގެ ހާލު ވެސް ރަގަނޅުކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ޗައިނާގެ އެކި ސިޓީތަކުގައި ތިބި ދިވެހިން ވަކިން ޚާއްޞަކޮށް ދިވެހި ކިޔަވާކުދިންގެ މަޢުލޫމާތު ހޯދައި، އެކުދިންނާއި ގުޅެން ހުރި އެކި ވަޞީލަތްތައް މެދުވެރިކޮށް ކުދިންގެ ޙާލު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޗައިނާގެ އެކި ހިސާބުތަކަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ޙާލަތްތަކުގައި އެކަންކުރުމަށްޓަކައި، ޗައިނާގެ އެކި ޞަރަޙަދުތަކުގައި ތިބި ދިވެހިން، އެފަރާތްތަކާއި ގުޅޭނެ މަޢުލޫމާތު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި ނުވަތަ ބެއިޖިންގގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ޙިއްސާކުރުމުގެ މުހިންމުކަން ފާހަގަ ކޮށް އެ މަޢުލޫމާތު ހިއްސާކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކޮންސިއުލަރ އިމަރޖެންސީ ނަންބަރު 7983400 އަށް ގުޅައިގެން އެކަންކަން ކުރިއަށް ގެންދިއުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް