ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 17:09
ޝްރައްދާ ކަޕޫރާއި ވަރުން ދަވަން
ޝްރައްދާ ކަޕޫރާއި ވަރުން ދަވަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސްޓްރީޓް ޑާންސަރ 3 ޑީ: އަށް ފުރަތަމަ ދުވަހު 10 ކްރޯޑް ލިބިއްޖެ!
 
ޝްރައްދާ ނިސްބަތްވަނީ ޕާކިސްތާން ގެ ޑާންސް ގްރޫޕަކަށް
 
ފިލްމްގައި ވަރުން ނިސްބަތްވަނީ އިންޑިއާގެ ޑާންސް ގްރޫޕަކަށް
 
ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.26 ކްރޯޑް ރުޕީސް

ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމ "ސްޓްރީޓް ޑާންސަރ 3 ޑީ" އަށް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.26 ކްރޯޑް ރުޕީސް އެވެ.

ރީމޯ ޑި ސޫޒާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ޑާންސް ރިއަލިޓީ ޝޯވ ތަކުން ފެނިގެންދާ ގިނަ ނެށުންތަރިން ވަނީ ހިމަނާފައެވެ.

"ސްޓްރީޓް ޑާންސަރ 3ޑީ" ވަނީ އިންޑިއާގެ 3700 ސްކްރީނުގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 710 ސްކްރީނުގައި ރިލީޒްކޮށްފައެވެ.

ފިލްމު ބިނާކޮށްފައިވަނީ ލަންޑަންގައި އިންޑިއާ އާއި ޕާކިސްތާނުގެ ދެ ޑާންސް ގްރޫޕުގެ ދެމެދުގައި ހިނގާ ވާދަވެރި ކަމުގެ މައްޗަށެވެ.

މި ފިލްމުގައި ވަރުން ނިޞްބަތްވަނީ އިންޑިއާގެ ޑާންސް ގްރޫޕަކަށެވެ. ޝްރައްދާ ނިޞްބަތްވަނީ ޕާކިސްތާނުގެ ޑާންސް ގްރޫޕަކަށެވެ.

މި ފިލްމުގައި ކޮރިއޮގްރާފަރު ޕްރަބޫ ދޭވާގެ ސަޅި ނެށުންތަކެއް ފެނިގެންދާ ލަވަ "މުގާބަލާ"ގެ ރީމޭކެއް ފެނިގެންދާނެއެވެ. "މުގާބަލާ" އަކީ 1994 ވަނަ އަހަރު ނުކުތް ފިލްމު "ކަދުލާން" ގެ ލަވައެކެވެ.

މީގެ އިތުރުން މި ފިލްމުގައި ނޯރާ ފަތޭހީގެ ވެސް މުހިންމު ރޯލަކުން ފެނިގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
50%
0%
0%
0%
0%
ކޮމެންޓް