ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 18:01
މާމުއި އާއި ގޮށްރާޅުގެއ ޕޯސްޓަރު
މާމުއި އާއި ގޮށްރާޅުގެއ ޕޯސްޓަރު
ރާއްޖެއެމްވީ
ޑާކްރެއިން އެންޓަޓައިންމެންޓް
މާމުއި އާއި ގޮށްރާޅުގެ، އެޑްވާންސް ބުކިން ހުޅުވާލައިފި
 
ގޮށްރާޅު'' އޮލިމްޕަހުގައި އަޅުވަން ޖެހުނީ ފަހަކުން ހަތަކަށް
 
މާމުއި އަޅުވަނީ ހަޔަކުން އަށަކަށް

އަންނަ މަހު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ ''މާމުއި'' އާއި ''ގޮށްރާޅު''ގެ އެޑްވާންސް ބުކިން ހެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުން މިދިޔަ އަހަރު ނެރުނު މި ދެ ފިލްމުގެ ތެރެއިން "މާމުއި" އަޅުވަން ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ހަޔަކުން އަށަކަށެވެ. އަދި ''ގޮށްރާޅު'' އަޅުވަން ހަމަޖެހިފައިވަނީ ފަހަކުން ހަތަކަށެވެ.

ޑާކްރެއިނުން ބުނީ، ދެ ފިލްމަށް އެޑްވާންސްކޮށް ބުކިންގ ހަދަން ބޭނުންވާ ފަރާތްތަކުން، އެ ޕްރޮޑަކްޝަންގެ ހޮޓްލައިން އަށް 9911229 މެސެޖް ކޮށްލުމުން އެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

18 އަހަރުން މަތީގެ އޯޑިއެންސަށް ތައްޔާރުކޮށްފައިވާ ''މާމުއި'' އަކީ ސޯލޯ ޑައިރެކްޓަރެއްގެ ގޮތުގައި ޝިނާން މަސައްކަތް ކޮށްފައިވާ ފުރަތަމަ ފިލްމެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި މުޙައްމަދު ޖުމައްޔިލް، ނުޒުހަތު ޝުއައިބު، ޢަބްދުﷲ އަޒާން، އަޙުމަދު ނާޝިތު، މުޙައްމަދު ވަހީދު، މަރިޔަމް ޝަކީލާ އަދި އިސްމާއިލް ރަޝިދު (ކޮޕީ އިއްސެ) ހިމެނެއެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ''މާމުއި'' ނެރެފައިވާ ''މާމުއި" ގައި ހަރަކާތްތެރިވެފައިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރެވެ.

ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ މި ފިލްމުގެ ކާސްޓަށް އިތުރުވެފައިވާ ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ ގެ އިތުރުން އަލީ ޝަޒްލީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް