ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 01:52
އޮޔާދާ ބޯޓު
އޮޔާދާ ބޯޓު
އެމްއެންޑީއެފް
ބަންޑުން ޖަހާލާފައިވާ ބޯޓު
ބަންޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެ
 
ބަންޑުން ޖަހާލާފައިވާ ބޯޓު އޮޔާދާނީ ތ. އަތޮޅާއި ދ. އަތޮޅާ ދޭތެރެއިން

ބަންޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މ. ކޮޅުފުށީ އިރުދެކުނު ފަރާތުން ބަނޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީވެ، އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ބަންޑުން ޖަހާލާފައިވާ ބޯޓު އޮޔާދާނީ ތ. އަތޮޅާއި ދ. އަތޮޅާ ދޭތެރެއިންނެވެ. އެހެންކަމުން، ރޭގަނޑު މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވެއެވެ.

ބަންޑުން ޖަހާލާފައިވަނީ ބޭރުގެ ބޯޓެއްކަން މިހާތަނަށް އެނގިފައިވާ އިރު، އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް