އަންގާރަ 29 ސެޕްޓެންބަރ 2020
09 އަތަ
1442 ސަފަރު 11
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:01
އަސްރު 15:08
އިރުއޮއްސޭ 18:01
އިޝާ 19:12
މާލޭގެ މަގުމަތި

ބަޖެޓް ހަމަޖެހުނުނަމަ މާލެސިޓީގެ މަގުތައް ރަނގަޅު ފެންވަރަށް ތަރައްގީ ކުރެވޭނެ: މޭޔަރު ޝިފާ

  • ކައުންސިލްއަށް ލިބުނީ 37000 ގަލާއި، 200 ކާނުމަތި
  • 2019 ހިންގާފައިވަނީ 2018 ގައި އެކުލަވާލި ބަޖެޓް
  • 2019 ވަނަ އަހަރު މާލެ ރޯޑް ޑިވެލޮޕްމެންޓް ފައިސާ ހުރީ ޕްލޭނިން މިނިސްޓްރީގައި

ކ. މާލެ | 24 ޖެނުއަރީ 2020 | ހުކުރު 23:01 | 7,320

މާލެސިޓީގެ މޭޔަރު ޝިފާ މުހައްމަދު - ޔޫސުފް ސޮފްވާން ރަޝީދު

ބަޖެޓް ހަމަޖެހުނު ނަމަ މާލެސިޓީގެ މަގުތައް ރަނގަޅު ފެންވަރަށް ތަރައްގީ ކުރެވޭނެ ކަމަށް ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލެސިޓީގެ މަގުތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާ މޭޔަރު ޝިފާ ވިދާޅުވީ ވޭތުވެދިޔަ އަހަރު މަގުމަތީގައި އަޅަން މާލެ ސިޓީ ކައުންސިލްއަށް ލިބުނީ 37000 ގަލާއި، 200 ކާނުމަތި ކަމަށެވެ.

ބަޖެޓްއަށް އަލިއަޅުއްވާލައްވާ މޭޔަރު ޝިފާ ވިދާޅުވީ 2019 ހިންގާފައިވަނީ 2018 ގައި އެކުލަވާލި ބަޖެޓް ކަމަށެވެ. އަދި 2019 ވަނަ އަހަރު މާލެ ރޯޑް ޑިވެލޮޕްމެންޓް ފައިސާ ހުރީ ޕްލޭނިން މިނިސްޓްރީގައި ކަމަށާއި، އެދުނު މިންވަރަށް ލިބުނު ނަމަ މަގުތައް ރަނގަޅުވީސް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލެސިޓީގެ ބައެއް މަގުތަކުގެ ގައުތައް ނެއްޓި ހިނގާބިނގާވެ އުޅުމަށާއި، ދުއްވާ އެއްޗެހި ދުއްވުން ވަނީ އުނދަގުލަކަށްވެފައެވެ. މަގުތައް ހުންނަ ގޮތުން ބައެެއް މީހުންނަށް އެކިވަރުގެ އަނިޔާތައްވުމާއި، އެކްސިޑެންޓުވުންފަދަ އެތައް ހާދިސާތައް ވަނީ ހިނގާފައެވެ.

ސިޓީ ކައުންސިލުން އެދުނު މިންވަރަށް ފައިސާ ހަމަނުޖެހިގެން މަޝްރޫއުއަށް ކުރިއަށް ނުގެންދެވޭ ކަމަށް މޭޔަރު ޝިފާ ތުހުމަތުކުރައްވާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމާއެކު ސަރުކާރުން ހިފަހައްޓާފައިވާ ކައުންސިލްތަކުގެ ބާރުތައް ވަނީ ދޫކޮށްލާފައެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުންދޭނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ނަމަވެސް މާލެސިޓީ ތަރައްގީ ކުރުމަށް ސިޓީ ކައުންސިލްއަށް މާބޮޑު މަސައްކަތެއް ކުރެވިފައިނުވާ ކަމަށާއި، ކައުންސިލް ފެއިލްވެފައިވާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި މިހާރު މާލޭގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކައުންސިލުން ކުރާ މަސައްކަތްތަކަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މޭޔަރު ކަމަށް ވާދަކުރައްވާތީ ކުރާ ކެންޕޭން ހަރަކާތްތަކެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.