ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 19:13
ރިހާނާ އާއި ހަސަން ޖަމީލް
ރިހާނާ އާއި ހަސަން ޖަމީލް
ބެކްގްރިޑް
ރިހާނާ
ރިހާނާ އާއި ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވި ސަބަބު އެނގޭތަ؟
 
ރިހާނާ އާއި ހަސަންގެ ގުޅުމުގެ ވާހަކަ ފުރަތަމަ ދެކެވުނީ 2017 ވަނަ އަހަރު
 
ދެމީހުން ދުރުގައި އުޅެންޖެހުމަކީވެސް ރުޅިވާން ދިމާވި އަނެއް ސަބަބު ކަމަށް ރިޕޯޓްތައް ބުނޭ
 
ދެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބޮޑެތި ތަފާތުތަކެއް ހުރުމުން ކަމަށް ރިޕޯޓްތައް ބުނޭ

މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ އާއި ލޯބިވެރިޔާއާ ރުޅިވެއްޖެކަމުގެ ރިޕޯޓުތައް ވަނީ ފެތުރެން ފަށާފައެވެ.

ތިން އަހަރު އެކުގައި އުޅުމަށްފަހު ދާދިފަހުން ރިހާނާއި ސަޢުދީ ޢަރަބިއްޔާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޙަސަން ޖަމީލު ރުޅިވިކަމުގެ ޚަބަރުތައް ފެތުރެން ފަށާފައިވާއިރު އެ ދެމީހުން ރުޅިވި ސަބަބެއް ހާމަކޮށްފައެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން މި ދެމީހުން ރުޅިވެފައިވަނީ ދެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބޮޑެތި ތަފާތުތަކެއް ހުރުމުން އެކަން ހައްލުކުރަން އުނދަގޫވުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ރިހާނާ އޭނާގެ މަގްބޫލު މޭކަޕް ބްރޭންޑް ކަމަށްވާ "ފެންޓީ ބިއުޓީ ލައިން" ގެ ވިޔަފާރީގެ މަސައްކަތުގައި އަވަދިނެތި އުޅޭއިރު ހަސަން އުޅެނީ އޭނާގެ ވިޔަފާރީގެ މަސައްކަތުގައި ގިނަ ވަގުތު ހޭދަމުންދަނީ މެދުއިރުމަތީގައި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ދެމީހުން ދުރުގައި އުޅެންޖެހުމަކީ ވެސް ރުޅިވާން ދިމާވި އަނެއް ސަބަބު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ދެމީހުން ކައިވެނި ކުރަން އުޅޭ ވާހަކަވެސް މީގެ ކުރިން ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރިހާނާ އާއި ހަސަންގެ ގުޅުމުގެ ވާހަކަ ފުރަތަމަ ދެކެވުނީ 2017 ވަނަ އަހަރެވެ. އެއީ ދެ މީހުން އެކުގައި ސްޕެއިންގައި ޗުއްޓީ ހޭދަ ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޢާންމުވުމާއި ގުޅިގެންނެވެ.

ޙަސަންއާ ގުޅޭ ގޮތުން ރިހާނާ މާ ގިނަ ވާހަކަ ދައްކާފައި ނުވިނަމަވެސް، 2019 ވަނަ އަހަރުގެ ޖޫން މަހު ދިން އިންޓަވިއުއެއްގައި މީހަކު ދެކެ ލޯބިވާކަމަށް އޭނާ ބުނެފައިވެއެވެ. ޙަސަންގެ ޢާއިލާއާއެކު ރިހާނާ ޗުއްޓީ ހޭދަކުރާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އޭރު ޢާންމުވިއެވެ.

ލަވަ ކިޔުންތެރިއެއްގޮތަށް ދުނިޔެއަށް ތަޢާރަފުވި، ބާބެޑޯސްއަށް ނިޞްބަތްވާ ރިހާނާ މިހާރު ބޮޑަށް ކުރަމުން އަންނަނީ އޭނާގެ 'ފެންޓީ ބިއުޓީ ލައިން' އާއި 'ސެވޭޖް' ލޯންޖްރޭ ލައިންގެ މަސައްކަތެވެ. ހަސަންގެ އާއިލާ އަކީ ސަޢުދީ ޢަރަބިއްޔާގެ 12 ވަނައަށް އެންމެ މުއްސަނދި ޢާއިލާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
41%
0%
0%
10%
17%
31%
ކޮމެންޓް