ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 12:35
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް
ރާއްޖެއެމްވީ
މިނިސްޓަރ މަލީހު
ވަޒީފާ ދިނުމުގައި ސެޓްފިކެޓަށްވުރެ އިސްކަންދެނީ ހުނަރަށް: މިނިސްޓަރ މަލީހު
 
ޓެކްސްޓް ފޮތްތަކަކީ ސުވާލުތަކަކަށް ޖަވާބުދިނުމަށް ބަލާ ރިފަރެންސްއެއް ނޫން
 
މާނަށް ބޭނުންވާ ފަންނުތަކުގެ ބިންގަލަކީ ހިސާބުގެ އިލްމު
 
އެމީހެއްގެ އަޙްލާޤާއި ސުލޫކާއި ތޫނުފިލިކަމަށް އިސްކަންދޭނެ

ވަޒީފާ ދިނުމުގައި މީހެއްގެ އަތުގައި އޮތް ސެޓްފިކެޓަކަށްވުރެ ބޮޑަށް އިސްކަންދެނީ އެމީހެއްގެ ހުނަރަށް ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ތައުލީމާއި ބެހޭ ދުވަހުގެ މުބާރަކްބާދީ އަރިސްކުރައްވައި މިނިސްޓަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިމްތިޙާނުތަކުން ހޯދާ މަތީ މާކުހާއި ލިބޭ ސެޓްފިކެޓްތަކަށްވުރެ، ވަޒީފާގެ ބާޒާރުގައި މިހާރު އިސްކަންދެނީ އެމީހެއްގެ އަޙްލާޤާއި ސުލޫކާއި ތޫނުފިލިކަމަށް ކަމަށެވެ. އަދި އޭގެއިތުރުން، މައްސަލަތަކާއި ކުރިމަތިލުމާއި، މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ހުނަރަކީވެސް ސެޓްފިކެޓަށްވުރެ އިސްކަންދޭ ކަންކަން ކަަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޒަމާނަށް ބޭނުންވާ ފަންނުތަކުގެ ބިންގަލަކީ ހިސާބުގެ އިލްމު ކަމަށެވެ. އެގޮތުން ކޮމްޕިއުޓަރ ޕްރޮގްރާމްކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް، ކޮންސްޓްރަކްޝަން، ކުރެހުން، ސިވިލް އިނޖިނިއަރިން، ރޮބޮޓިކްސް، ކެމިސްޓްރީ، ފިޒިކްސް، އޭވިއޭޝަން، ފައިނޭންސް ފަދަ ކޮންމެ ދާއިރާއެއްގަވެސް އެންމެ މުހިންމީ ހިސާބު އިލްމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ތައުލީމީ މަންހަޖުގައި ބޭނުންކުރާ ޓެކްސްޓް ފޮތްތަކަކީ ސުވާލުތަކަކަށް ޖަވާބުދިނުމަށް ބަލާ ރިފަރެންސްއެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި ހިސާބު ފޮތްތަކުގައި ހުންނަ ނަންބަރުތަކާއި ފޯމިއުލާތައް ފަހުމްކޮށްދީ، ކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ދަރިންނަށް ފަހިކޮށްދިނުމަށް މިނިސްޓަރ ވަނީ ބެލެނިވެރިންނަށް ގޮވާލާފައެވެ. އަދި އެ ފޯމިއުލާތައް ދިރިއުޅުމުގެ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްތައް ދަރިންނަށް ދަސްކޮށްދިނުމަށް މިނިސްޓަރ އެދިވަޑައިގެންފައިވެއެވެ.

ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން ގައި ސައިންސް ޓެކްނޯލޮޖީ، އިންޖިނިއަރިންގ، އަދި ހިސާބު އިލްމު ތައުލީމީ މަންހަޖުގެ ތެރޭން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީއާ ހަވާލުކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
3%
13%
0%
30%
50%
3%
ކޮމެންޓް
24 ޖެނުއަރީ 2020 | ހުކުރު 15:56
ޢިޑިއައްޕަން
ރަނގަޅުވާހަކައެއް އެއްގޮތުން ނަމަވެސް ހުނަރުހޯދަންވެސް ގޮތެއްއޮއްނަންޖެހޭނެ ނޫނީބާކީވެދާނީ ސެޓްފިކެޓްހޯދި ދާއިރާއިން