ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 11:58
ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް ކުރާ ގޯނާ ހުއްޓާލުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން
ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް ކުރާ ގޯނާ ހުއްޓާލުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ޖެންޑަރ މިނިސްޓްރީ
ކުދިންތަކެއް ރައްކާތެރި މާޙައުލަކަށް ގެންދަން އުޅުމުން އެ ރަށު މީހުން ހުރަސް އަޅައިފި
 
ކަނޑުހުޅުދޫގައިވެސް ޖެންޑަރގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުން
 
މި މައްސަލަ ވަނީ ފުލުހުންނާ ހިއްސާކޮށްފައި
 
އެއް ޢާއިލާއަކަށް ނިސްބަތްވާ 4 ކުއްޖެއް ފާހަގަވެފައިވޭ

އުތުރުގެ ރަށެއްގެ ކުދިންތަކެއް ރައްކާތެރި މާޙައުލަކަށް ގެންދިއުމަށް މަސައްކަތް ކުރުމުން އެރަށު މީހުން އެކަމަށް ހުރަސް އަޅައިފިކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.

ހުކުރު ދުވަހު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، މެދުރާއްޖެތެރޭގެ ރަށެއްގެ އެއް ޢާއިލާއަކަށް ނިސްބަތްވާ 4 ކުއްޖަކު ދިރިއުޅެމުން ދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާޙައުލެއް ކަމުގައިނުވާތީ، އެ ކުދިންތައް ރައްކާތެރި މާޙައުލަކަށް ނެގުމަށް މިނިސްޓްރީން ހުކުރު ދުވަހު މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތަށް ރަށުގެ ބައެއް ފަރާތްތަކުން ހުރަސް އަޅަމުންދާކަމަށް މިނިސްޓްރީގެ ޓްވީޓުގައި ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އާންމު އުސޫލުގެ ދަށުން އެފަދަ ޙާލަތްތަކުގައި ފުލުހުންގެ ސަމާލުކަމަށް އެކަން ގެންނަ ކަމަށާއި، މި މައްސަލަވެސް ފުލުހުންނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ޖެންޑަރ މިނިސްޓްރީން އެހެން ބުނެފައިވާއިރު، ދާދިފަހުން ގއ ކަނޑުހުޅުދޫގައި 2 އަހަރުގެ ކުއްޖަކަށް އޭނާގެ އާއިލާގެ ފަރާތުން ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެގެން ދިއުމާއެކު، އެރަށުގެ އެފަދަ ގިނަ މައްސަލަތަކެއް އާންމުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އަދި އެކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީގެ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީން ބުނީ، ރަށުގެ އާއިލާތަކާއި ގޭބިސީތަކުގައި އުޅޭ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ މި ޓީމުގައި ހިމެނޭނީ ޗައިލްޑް ރައިޓްސް ޑިވިޜަންގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި، ބަލަމުންދާއިރު އެފަދަ އިތުރު އާއިލާތަކެއް ފާހަގަވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
14%
86%
0%
0%
ކޮމެންޓް