ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ބޮލީވުޑް

ޓައިގާ އާއި ބައްޕަ ޖެކީ ފުރަތަމަ ފަހަރަށް އެއް ފިލްމަކުން

  • މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރޗް މަހު
  • ޖެކީ ވަނީ މި ފިލްމްގެ ޝޫޓިން މި މަހުގެ 20 ގައި ފަށާފައި
  • ޖެކީ ފެނިގެންދާނީ ޓައިގާގެ ބައްޕަގެ ރޯލުން

ކ. މާލެ | 24 ޖެނުއަރީ 2020 | ހުކުރު 08:57 | 2,970

ޖެކީ ޝްރޯފް އާއި ޓައިގާ ޝްރޯފް - ހިންދުސްތާނީ ޓައިމްސް

ޓައިގާ ޝްރޯފް އާއި އޭނާގެ ބައްޕަ ޖެކީ ޝްރޯފް ފުރަތަމަ ފަހަރަށް އެކުގައި "ބާގީ 3" ގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އަހުމަދު ޚާން ޑައިރެކްޓްކުރާ މި ފިލްމްގައި ޖެކީ ފެނިގެންދާނީ ޓައިގާގެ ބައްޕަގެ ރޯލުންނެވެ.

މުމްބާއީ މިޜޯގައި ރިޕޯޓްކޮށްފައިވާގޮތުން ޖެކީ ވަނީ މި ފިލްމްގެ ޝޫޓިން މި މަހުގެ 20 ގައި މުމްބާއީގައި ފަށާފައެވެ.

ފިލްމްގް ޕްރޮޑިއުސަރ ސާޖިދު ނަދިއަވާލާ ބުނެފައިވަނީ ދެބަފައިން އެކުގައި ފެނިގެންދާނެ ދުވަހަކަށް އެންމެންވެސް ތިބީ އިންތިޒާރުގައި ކަމަށެވެ. ނަމަވެސް ފާއިތުވި ހަ އަހަރުގެ ތެރޭގައި އެއްވެސް މީހަކު އެދެތަރިން އެކުގައި ފިލްމެއް ކުޅުވާފައި ނުވާ ކަމަށެވެ. އަދި އޭނާ އާއި އަހުމަދު އަށް ފިލްމްގެ ވާހަކަ އަށް ބަލާފައި އެރޯލަށް އެންމެ ކަމުދަނީ ޖެކީ ކަމަށް ފެންނާތީ ޖެކީ އަށް އެ މުހިއްމު ރޯލް ދިނުމަށް ނިންމީ ކަމަށް ސާޖިދު ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޖެކީ ގެ ޝޫޓިންތައް ޝެޑިއުލް ކޮށްފައިވަނީ ފަސް ދުވަހަށެވެ. ޖެކީ އަދާކުރާނީ ސިފައިންގެ މީހެއް ގެ ރޯލް ކަމަށާއި އޭނާ އަކީ ޓައިގާ އާއި ރިތޭޝް ދޭޝްމުކްގެ ބައްޕަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓައިގާ ވަނީ މީގެ ކުރިން އެކްޝަން ސީން އަކަށް ފަރިތަ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

"ބާގީ 3" ގައި ބަތަލާއިންގެ ރޯލުން ފެނިގެންދާނީ ޝްރައްދާ ކަޕޫރާއި، އަންކީތާ ލޯކާންޑޭ އެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރޗް މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.