ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ރާއްޖެ - ހައިކޯޓް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލައެއް ހައިކޯޓުން މަރޗް މަހުގެ ނިޔަލަށް ނިންމަނީ

  • ހައިކޯޓުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 40 މައްސަލަ އިސްތިއުނާފުކުރެވިފައިވޭ
  • 8 މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލަ އެއް
  • ޖިންސީ ގޯނާކުރުމުގެ 40 މައްސަލައިގެ ތެރެއިން 27 މައްސަލައަކީ ދައުލަތުން އިސްތިއުނާފުކޮށްފައިވާ މައްސަލަތައް

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 23 ޖެނުއަރީ 2020 | ބުރާސްފަތި 22:46 4,197

ހައިކޯޓުގައި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ މައްސަލަތައް ވަނީ އިސްތިއުނާފް ކޮށްފައި - ގޫގުލް

ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފުކުރެވިފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލައެއް އަންނަ މާރިޗު މަހުގެ ނިޔަލަށް ނިންމުމަށް ހައިކޯޓުން ޓާގެޓެއް ކަނޑައަޅައިފިއެވެ.

ހައިކޯޓުން އެކަމާގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 40 މައްސަލަ އިސްތިޢުނާފުކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން 8 މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިޢުނާފު ކުރެވިފައިވާ 8 މައްސަލަކަމަށް ހައިކޯޓުން ބުނެއެވެ.

ދިވެހިރާއްޖޭގައި ހައިކޯޓުގައި އިސްތިޢުނާފުކޮށްފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 40 މައްސަލައިގެ ތެރެއިން 27 މައްސަލައަކީ ދައުލަތުން އިސްތިޢުނާފުކޮށްފައިވާ މައްސަލަތައްކަމަށްވެސް ހައިކޯޓުން ބުނެއެވެ.

އަދި މި 40 މައްސަލަ، އަންނަ މާރިޗު މަހުގެ ނިޔަލަށް ޙުކުމްކޮށް ނިންމުމަށް ޓާގެޓެއް ކަނޑައަޅައި، އެ ޓާގެޓަށް މަސައްކަތް ކުރަން ހައިކޯޓުން ފަށާފައިވާކަމަށްވެސް އެކޯޓުން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް "ބްލޮކް ޓްރައިލްސް" ނިޒާމެއްގެ ތެރެއިން އަވަހަށް ކުރިއަށް ގެންދިއުމަށް މައްސަލައެއް ހުށަހެޅުނު ތާރީޚުން ފެށިގެން ލަސްވެގެން 6 މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމުމަށް ޓަކައި މައްސަލައިގެ ޝަރީޢަތްތައް ޤަވާޢިދުން ކުރިއަށް ގެންދާގޮތަށް ނިންމާ ގޮތަށް ސަރކިއުލާއެއް ޑިޕަރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ނެރެފަ އެވެ.

ޑީޖޭއޭއިން ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ ޢަދުލު އިންޞާފު ލިބުމުގެ ޙައްޤަކީ އެކަށީގެންވާ އަވަސް މިނެއްގައި ލިބިދޭންޖެހޭ ޙައްޤަކަށް ވެފައި، ޚާއްޞަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ޙައްސާސް މައްސަލަތަކުގައި އިންޞާފު ލިބެންޖެހޭ ފަރާތްތަކަށް އެ ޙައްޤު ކަށަވަރުކުރުމަށް ޓަކައި އެ ވަގުތަކަށް އަޅަންޖެހޭ އެންމެ މުނާސަބު ފިޔަވަޅުތައް އަޅަމުން ގެންދިއުމަކީ އެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ އެންމެހައި ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް