ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 21:45
ކްރޯނާ ވައިރަސް ޖެހިފައިވާ ޗައިނާގެ ފަތުރުވެރިއަކަށް ފަރުވާދެނީ
ކްރޯނާ ވައިރަސް ޖެހިފައިވާ ޗައިނާގެ ފަތުރުވެރިއަކަށް ފަރުވާދެނީ
ގޫގުލް
ކްރޯނާ ވައިރަސް
ވުހާންގައި ތިބި ހަ ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ
 
ޗައިނާގައި ތިބި ހުރިހާ ދިވެހިން އެމްބަސީގައި ރަޖިސްޓްރީ ވުމަށް މިނިސްޓްރީން އިލްތިމާސްކުރޭ
 
މިނިސްޓްރީން ގެންދަނީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާ ފޮރިން މިނިސްޓްރީއާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރަމުން
 
ވުހާން ޕްރޮވިންސްގައި ތިބި 6 ދިވެހިންނާ އެމްބަސީއަށް ވަނީ ގުޅިފައި

ޗައިނާގައި ފެތުރެމުންދާ ކްރޯނާ ވައިރަސް އާއި ގުޅިގެން އެގައުމުގައި ތިބި ދިވެހިންގެ ހާލު ފޮރިން މިނިސްޓްރީ އާއި ބެއިޖިންގ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ގެންދަނީ ގާތުން ބަލަމުންކަމަށާއި އެމީހުންގެ ހާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވުހާން ޕްރޮވިންސްގައި ތިބި 6 ދިވެހިންނާ އެމްބަސީއަށް ގުޅިފައިވާކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓްރީން ގެންދަނީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާ ފޮރިން މިނިސްޓްރީއާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ޗައިނާގައި ތިބި އެހެން ޤައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަޤީންކަން ޗައިނާ ފޮރިން މިނިސްޓްރީން ދީފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ހަމައެހެންމެ މިހާރު ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރަމުންދާ ކަމުގެ ޔަޤީންކަން އެގައުމުންދީފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިޕްރޮޓޮކޯލްގެ ދަށުން ވުހާން ޕްރޮވިންސަށް ވަދެ ނިކުތުން މިވަގުތަށް ވަނީ ބަންދުކޮށްފައިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން ފޮރިން މިނިސްޓްރީން ވަނީ ޗައިނާގެ އެހެން ހިސާބުތަކަށްވެސް މިވައިރަސް ފެތުރެމުންދާތީ އެގައުމުގައި ތިބި ހުރިހާ ދިވެހިންވެސް އެމްބަސީގައި ރަޖިސްޓްރީ ވުމަށް އިލްތިމާސްކޮށްފަ އެވެ.

މިދިޔަ ޑިސެންބަރ މަހުން ފެށިގެން ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ފެތުރެމުންދިޔަ ނޭވާލާ ނިޒާމަށް އަސަރުކުރުވާ ގޮތްނޭނގޭ ބައްޔަކީ ކޮރޯނާ ވައިރަސް ޢާއިލާގެ އަލަށް ފެނުނު ނޮވެލް ކޮރޯނާ ވައިރަސްއިން ޖެހޭ ބައްޔެއްކަމުގައި ވަނީ ހޯދިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
50%
0%
0%
ކޮމެންޓް