ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 19:00
ޒުވާނުންގެ ހޮޅުއަށީގެ ނަމުގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ޒުވާނުންގެ ހޮޅުއަށީގެ ނަމުގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓް
ޒުވާނުންގެ ހޮޅުއަށި
މިނިސްޓަރ މަޚްލޫފް ރޭސިންގ ކޮމިއުނިޓީ އާއި ބައްދަލުކުރައްވައިފި
 
ރޭސިންގ ކޮމިއުނިޓީގެ އެންމެ ބޮޑު ޝަކުވާއަކަށް ވެގެންދިޔައީ ރާއްޖޭގައި ރޭސް ޖަހާނެ ޓްރެކްއެއް ނެތުމުގެ މައްސަލަ
 
މީގެ ކުރިންވެސް މިނިސްޓަރ މަހުލޫފް ވަނީ ރޭސިންގ އެސޯސިއޭޝަނާއި ބައްދަލުކުރައްވައިފަ

ރާއްޖޭގެ ރޭސިންގ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް މިހެން ވިދާޅުވީ ޒުވާނުންގެ ހޮޅުއަށި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ރޭސިންގ ކޮމިއުނިޓީ އާއިއެކު އޮތް ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރޭސިންގ ކޮމިއުނިޓީގެ އެންމެ ބޮޑު ޝަކުވާއަކަށް ވެގެންދިޔައީ ރާއްޖޭގައި ރޭސް ޖަހާނެ ޓްރެކެއް ނެތުމުގެ މައްސަލައެވެ. ކުރިންނަމަ ރޭސް ޖަހަން ހުޅުމާލޭގެ ބައެއް ޚާއްޞަ ކުރެވިފައިވާއިރު ބުރިޖު ހުޅުވާލުމާއެކު ހުޅުމާލޭގައި ރޭސް ޖެހެންވަނީ މަނާ ކޮށްފައެވެ. ނަމަވެސް ކޮންމެސް ވަރަކަށް ރޭސް ޖަހާ މީހުންނަށް ހުޅުމާލޭ ފޭސް ޓޫގައި ރޭސް ޖެހުމުގެ ފުރުސަތު ލިބެއެވެ.

ރޭގެ ބައްދަލުވުމުގައި މިނިސްޓަރ މަޚްލޫފްގެ އިތުރުން އެޗްޑީސީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ރޭސިން ކޮމިއުނިޓީގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މަޝްވަރާކޮށްފައެވެ. އެގޮތުން ރޭސް ޖަހާނެ ފުރުސަތު ހުޅުވާލާނެ ކަމަށާއި މިވަގުތަށް ވަގުތީ ހައްލެއް ގެނައުމަށް އަލުން ހުޅުމާލޭގައި ރައްކާތެރިކަމާއިއެކު ރޭސް ޖެހޭނެ ވަގުތީ ޓްރެކެއް ކަނޑައެޅުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މީގެ ކުރިންވެސް މިނިސްޓަރ މަޚްލޫފް ވަނީ ރޭސިންގ އެސޯސިއޭޝަނާއި ބައްދަލުކުރައްވައިފައެވެ.

ރާއްޖޭގައި މިހާރު 200 އަށްވުރެ ގިނަ ރައިޑަރުން ތިބިއިރު މި ރައިޑަރުންގެ އުންމީދަކީ ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކޮށް ރީތިނަން ހޯދައި ދިނުމެވެ. ރާއްޖޭގައި މިވަގުތު 5 ރޭސިންގ ކްލަބް އޮތް އިރު 13 ރޭސިންގ ޓީމު އޮވެއެވެ.

ރޭސިންގ އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. ރާއްޖޭގެ ރައިޑަރުން ވަނީ މިހާތަނަށް ބައިވެރިވި މުބާރާތްތަކުން ރަން، ރިހި އަދި ލޯ މެޑަލްތައް ހާސިލު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
33%
0%
33%
ކޮމެންޓް