ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 18:59
ސައުދީއަރަބިއްޔާގެ އެފްރިކާގެ ގުޅުންތަކާއި ބެހޭ ވަޒީރު އަޙްމަދު ބިން ޢަބްދުލް ޢަޒީޒު ކައްޓާނާ
ސައުދީއަރަބިއްޔާގެ އެފްރިކާގެ ގުޅުންތަކާއި ބެހޭ ވަޒީރު އަޙްމަދު ބިން ޢަބްދުލް ޢަޒީޒު ކައްޓާނާ
އަލް-އަހެދް ނިއުސް
ސޫދާން
އެމެރިކާގެ ޓެރަރިސްޓް ލިސްޓުން ސޫދާން އުނިކުރުމަށް ސައުދީން އެދިއްޖެ
 
2017 ވަނަ އަހަރު އިޤްތިޞާދީ ދަތިރިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވާލި
 
އެމެރިކާއިން އީރާން ބްލެކްލިސްޓު ކުރީ 1993 ވަނަ އަހަރު

އެމެރިކާއިން އެކުލަވާލާފައިވާ ޓެރަރިސްޓު އަމަލުތަކައް ހިތްވަރުދޭ ދައުލަތްތަކުގެ ލިސްޓުން ސޫދާން އުނިކުރުމަށް އެމެރިކާއިން އެދިއްޖެއެވެ.

ސައުދީޢަރައްބިއްޔާގެ ފަރާތުން މިކަމަށް އެދިވަޑައިގެންނެވީ އެޤައުމުގެ އެފްރިކާގެ ގުޅުންތަކާއި ބެހޭ ވަޒީރު އަޙްމަދު ބިން ޢަބްދުލް ޢަޒީޒު ކައްޓާނާއި، އެމެރިކާއިން ސޫދާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ޑޮނާލްޑް ބޫތާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ސޫދާންގެ އަލް-އަޚްބަރިއްޔާ ނޫސް އޭޖެންސީން ރިޕޯޓުކުރާގޮތުގައި ސައުދީޢަރަބިއްޔާއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި މިބައްދަލުވުމުގައި، ދޭބޭފުޅުން ވަނީ ސޫދާންގެގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމާއި އެޤައުމުގެ ދާޚިލީ ހަމަޖެހުމަށް ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ސަޢުދީޢަރައްބިޔާގެ ވަޒީރުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ ޓެރަރިޒަމަށް ހިތްވަރުދޭ ނުވަތަ ވާގިވެރިވެދޭ ދައުލަތްތަކުގެ ގޮތުގައި އެމެރިކާއިން އެކުލަވާލާފައިވާ ބްލެކް ލިސްޓުން ސޫދާން އުނިކުރުމާއި ގުޅޭ ގޮތުންނެވެ. އެ ލިސްޓުން އުނިކޮށްފިނަމަ ސޫދާންއަށް އެކި ދާއިރާތަކުން ލިބޭނެ ކުރިއެރުމާއި ބެހޭ ގޮތުން ވަޒީރު ވަނީ މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ. ވަޒީރު ފާހަގަކުރައްވާ ގޮތުގައި އެލިސްޓުން ސޫދާން އުނިކުރުމަކީ ވަރަށް މުހިންމު އަދި އޭގެ ޒާތުގައި ސޫދާން ބައިނަލްއަޤުވާމީ މައިދާނުގައި ހިންދެމިލުމަށް ލިބޭ ބާރަކަށް ނުވަތަ ފަހި ފުރުޞަތަކައް ވެގެންދާނެއެވެ.

އެމެރިކާއިން މިދިޔަ އަހަރު ވަނީ "ދީނީ މިނިވަންކަމަށް އަރައިގަތުމުގެ ޢަމަލުތައް ހިންގުމުގެ ބްލެކް ލިސްޓް" އިން ސޫދާން އުނިކޮށްފައެވެ. މިހާރު ސޫދާނުން އިންތިޒާރުގައި ތިބީ ޓެރަރިސްޓު ޢަމަލުތަކައް ހިތްވަރުދޭ ދައުލަތްތަކުގެ ލިސްޓުން ސޫދާން އުނިކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ސޫދާނުގައި ޒުވާނުންތަކެއް އުފާ ފާޅުކުރަނީ

ޓެރަރިޒަމަށް ހިތްވަރުދޭ ނުވަތަ ވާގިވެރިވެދޭ ޤައުމެއްގެ ގޮތުގައި އެމެރިކާއިން އީރާން ބްލެކްލިސްޓު ކުރީ 1993 ވަނަ އަހަރެވެ. އޭރު އެމެރިކާގެ ސަރުކާރުން އެގޮތައް ނިންމީ، ސޫދާނުން ހަނގުރާމަވެރި ގުރޫޕެއް ކަމަށްވާ އަލް-ޤައިދާއަށް ވާގިވެރިވެެދޭ ކަމަށް ބުނެއެވެ. އޭރު އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އެޅިއެވެ. އެހެންނަމަވެސް 2017 ވަނަ އަހަރު އިޤްތިޞާދީ ދަތިރިކުރުމުގެ ފިޔަވަޅު އުވާލިއެވެ. އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ފޫނުބެއްދޭ ވަރުގެ އިޤުތިޞާދީ އަދި މާލީ ގެއްލުންތަކާއި ކުރިމަތިލާންޖެހުނެވެ. އެގޮތުން އެޤައުމަށް ބޮޑެތި ޢަދަދުތަކުން އެޤައުމަށޤ އިންވެސްޓުކުރަމުން އައި ބޭރުގެ ޤައުމުތަކުންނާއި، ކުންފުނިތަކުން އެމެރިކާއަށް ބިރުން ސޫދާނަށް އިންވެސްޓުކުރުން ހުއްޓާލިއެވެ. މީގެ ސަބަބުން އިޤުތިޞާދީ ބޮޑު އަނދަވަޅަކަށް ވެއްޓި އެކި ދާއިރާތަކުން ހީނަރުކަމާއި ކުރިމަތިލާންޖެހުނެވެ.

މިހުރިހައި ދަނޑިވަޅެއްގައި ވެސް ސޫދާނަށް އެންމެ ގާތުން އެހީތެރިވަމުން އައީ ސައުދި އަރަބިއްޔާއިންނެވެ. މިދިޔަ އޮކްޓޯބަރުމަހުގައި ސަޢުދީ ރަސްގެފާނު ސަލްމާން ވަނީ ސޫދާނަށް ވަޑައިގެން އެޤައުމުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކް އާއި ބައްދަލުކުރައްވާފައެވެ. އެބައްދަލުވުމުގައިވެސް އެމެރިކާގެ ލިސްޓުތަކުން ސޫދާން އުނިކުރުމާއި، އެމެރިކާއިން ސޫދާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި މެދު މަޝްވަރާކުރައްވާފައިވާކަމަށް ސަޢުދީގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ސައުދީ ޢަރަބިއްޔާގެ އިތުރުން ސޫދާނަށް އެހީތެރިވަމުން ދަނީ ޔޫއޭއީންނެވެ. މިދެޤައުމުން ވަނީ ސުދާނަށް އިޤުތިޞާދީ އަނދަވަޅުން އަރައިގަތުމަށް އެޤައުމުގެ މަރުކަޒީ ބޭންކަށް 500 މިލިއަން ރިޔާލު ދޭން ވަޢުދުވެފައެވެ. އަދި ކާބޯތަކެއްޗާއި، ބޭހާއި، ޕެޓްރޯލިއަމް އުފެއްދުންތައް ގަތުމަށް 2.5 ބިލިއަން ރިޔާލުގެ އެހީއެއް ދޭން އެއްބަސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
0%
0%
50%
ކޮމެންޓް