ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 16:36
އެމްއެންޑީއެފުން ބޭއްވި ޕެރޭޑެއްގައި
އެމްއެންޑީއެފުން ބޭއްވި ޕެރޭޑެއްގައި
އެމްއެންޑީއެފް
ރޭޕް ކޭސް
ރޭޕް މައްސަލައިގައި ހިމެނޭ ސިފައިންގެ އެކަކު ސަސްޕެންޑް ކޮށްފި
 
ފުލުހުން ސިފައިންގެ އެކަކު ހައްޔަރުކުރީ މިމަހުގެ 22 ވަނަ ދުވަހު
 
ސިފައިންގެ ދެ މީހަކަށް ތުހުމަތު ކުރެވެނީ 15 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް
 
ރޭޕްކުރި މައްސަލައިގައި ހިމެނޭ 2 ވަނަ ސިފައިންގެ މީހާ ނޭނގޭ: އެމްއެންޑީއެފް

ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސިފައިންގެ މީހާ ސަސްޕެންޑް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ ސިފައިންގެ މީހާ ސަސްޕެންޑްކޮށްފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި އަނެއް ސިފައިންގެ މީހާ އަކީ ކޮބައިކަމެއް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވަނީ ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރަކު ވިދާޅުވުމާއި ގުޅިގެން އެ މެމްބަރު އެވިދާޅުވަނީ ކޮން ސިފައިންގެ މީހެއްގެ ވާހަކަތޯ ހޯދަން އެ ޢިއްޒަތްތެރި މެމްބަރުގެ އަރިހުންއެދުނު ކަމަށެވެ.

އަދި އެ ސިފައިންގެ 2 މީހުންނަކީ ކޮން ބައެއްކަން އެނގޭނީ ފުލުހުންނަށް ކަމަށް ވިދާޅުވުމުން މިފަދަ ތުހުމަތެއް ކުރެވޭ ސިފައިންގެ 2 މީހަކު ވާނަމަ، އެބަޔަކާއިގުޅޭ މަޢުލޫމާތު ދެއްވުމަށް ފުލުހުންގެ އިދާރާގައި މި މަހުގެ 18 ވަނަ ދުވަހު އެދިފައިވާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އަދި މި މަހުގެ 22 ވަނަ ދުވަހު ސިފައިންގެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިޔަކަމުގެ މަޢުލޫމާތު އެރޭގެ 8:00 ގައި މިމުއައްސަސާއަށް ފުލުހުންގެ އިދާރާއިން ޙިއްސާކުރެއްވުމާއި ގުޅިގެން މި މުއައްސަސާގެ ޤަވާއިދުގައިވާ ގޮތުގެމަތިން އެމްއެންޑީއެފްގެ ކަމާބެހޭ ކޮމިޓީ ބައްދަލުކޮށް، ފުލުހުންގެ ހައްޔަރަށް ގެންދިޔަ ސިފައިންގެ މީހާ، އޭނާ ހައްޔަރަށް ގެންދިޔަ ވަގުތުން ފެށިގެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީސްގެ ޢިއްޒަތްތެރި މެމްބަރު ވިދާޅުވެފައިވަނީ 2 ސިފައިންގެ މީހެއްގެ ވާހަކަ ކަމަށް ވެފައި، މިއަދާ ހަމައަށް އައި އިރުވެސް މި މައްސަލައިގައި ހިމެނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އެ ވިދާޅުވާ ސިފައިންގެ 2 ވަނަ މީހަކު މި މައްސަލާގައި ހިމެނޭކަން ނުވަތަ ނޫންކަން އަދި މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ކޮން ތާރީޚެއްގައިކަން ވެސް ފުލުހުން މި މުއައްސަސާއާއި ޙިއްސާކުރެއްވި މަޢުލޫމާތުން ސާފެއްނުވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ މީހަކާމެދު މިބާވަތުގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް ލިބިވަޑައިގަތުމުން އެ މަޢުލޫމާތު މި މުއައްސަސާއާއި ޙިއްސާކުރެއްވިނަމަ އަދި ފުލުހުންގެ އިދާރާއިންވެސް ސިފައިންގެ މީހަކާއިމެދު މިފަދަ މައްސަލައެއް ބައްލަވާކަމުގެ މަޢުލޫމާތު ޙިއްޞާކުރިނަމަ، މުއައްސަސާގެ ޤަވާޢިދުތަކުގައިވާ ގޮތުގެ މަތިން ވަޤުތުން ބަލާ ވަޤުތުން ފިޔަވަޅު އެޅޭނެކަމަށް ބުނެފައިވެއެވެ.

އަދި މިމަޢުލޫމާތު މި މުއައްސާއާ ކުރިން ޙިއްސާކޮށްފައިނުވާތީ، ހިތާމަކުރާ ވާހަކަ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް