ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 13:55
އަބްދުﷲ ލުތުފީ
އަބްދުﷲ ލުތުފީ
ޝުއައިބް މުހައްމަދު އިގްބާލް
ޕީޖީ އޮފީސް
ލުތުފީ އަށް ދައުވާކުރުމާއި މެދު ޕީޖީން އަދިވެސް ގޮތެއް ނުނިންމާ!
 
މައްސަލަ ފޮނުވާނެ ތާރީހެއް ޕީޖީން ނުބުނޭ
 
ފުލުހުންނަށް، މަޝްވަރާ އެބަކުރެވޭ: ޕީޖީ
 
ހޯމް މިނިސްޓްރީން އެ މައްސަލަ ޕީޖީ އަށް ފޮނުވީ ހުސްވި އަހަރު ފަހުކޮޅު

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ރާއްޖެހިފަަން އައި ހ. ހާޖަރާގެ އަބްދުﷲ ލުތުފީ އަށް ދައުވާކުރުމާއި މެދު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ގޮތެއް ނުނިންމާކަން ހާމަވެއްޖެއެވެ.

25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ހުއްޓާ ބޭސް ފަރުވާ އަށް ގޮސް ފިލައިގެން އުޅުމަށްފަހު، ލަންކާގައި ހުންނަ ރާއްޖެ އެމްބަސީއާ ވަނީ އަމިއްލައަށް ހަވާލުވެފައެވެ. އަދި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސް، ހުކުމުގެ ބާކީ ބައި ތަންފީޒުކުރުމަށް މާފުށީ ޖަލަށް ފޮނުވާފައެވެ.

ލުތުފީއާ ދެކޮޅަށް ދައުވާކޮށްދިނުމަށް ހޯމް މިނިސްޓްރީން ވަނީ ހުސްވި އަހަރުގެ ފަހުކޮޅު ފުލުހަށް ފޮނުވާފައެވެ. ލުތުފީގެ މައްސަލަ އާއި ގުޅިގެން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެ މައްސަލައ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށެވެ. އެގޮތުން އެ މައްސަލަ އާއި ބެހޭ ގޮތުން ފުލުހުންނާއި، ޕީޖީ އޮފީހުގެ ބޭފުޅުންނާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ފުލުހުންނާއެކު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުންތަކެއް. އެއީ ތަހުގީގު ފުރިހަމަ ކުރުމަށްފަހު، ފުލުހުންނަށް މައްސަލަ ހުށައެޅިދާނެ ކަމަށް ފެނުނީ ޕީޖީ އޮފީހަށް މިސާލަކަށް. ނޫނިއްޔާ އަޅުގަނޑުމެންގެ މަޝްވަރާ ބޭނުންވާކަން ފުލުހުންނަށް ގަބޫލުކުރެވެނީމަ ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރަށާއި، މައްސަލަ ތަހުގީގު ކުރައްވާ އައިއޯއާ ބައްދަލުކުރައްވާނެ ލިޔެކިޔުންތަކާއި އެކު.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ ~ އަހުމަދު ޝަފިއު

އެކަމަކު އަދި މިހާތަނަށް ޕީޖީ އޮފީހުން ރަސްމީކޮށް އެ މައްސަލަ ބަލައިގަނެފައެއް ނުވެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ލުތުފީ އިސްވެހުރެ ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ.

އެ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރިއެވެ. ލުތުފީ ފިލައިގެން ދިޔައީ، ރައީސް ނަޝީދުގެ ސަރުކާރުގައި ބޭސް ފަރުވާއަށް ގައުމުން ބޭރަށް ފޮނުވާލުމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް