ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 22:37
ރައީސް އިބްރާހިމް މުހައްމަދު ސާލިޙު އެމްޑީޕީން ކ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައީސް އިބްރާހިމް މުހައްމަދު ސާލިޙު އެމްޑީޕީން ކ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ޓްވިޓަރ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން: ރައީސް
 
މިދައުރުގެ ތެރޭގައި މިކަންތައްތަކަށް ހައްލު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަންވަނީ ދެއްވާފައި
 
މިއީ ޒަމާނުއްސުރެ މިކަމާއިދޭތެރޭގައި އަޅާނުލެވި އޮތް އޮތުމުގެ ސަބަބުން ދިމާވިކަމެއްކަމަށް ވިދާޅުވި
 
އެފަދަ ފަރާތްތައް ޒިންމާދާރު ކުރުވުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި

ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މަސައްކަތް ކުރުމަށް ހަވާލުވެތިއްބެވި ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއިން ކަމަކަށް އިހުމާލް ވެއްޖެނަމަ އެ މުވައްޒަފަކާއި ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ ކ. ގުރައިދޫ އެމްޑީޕީ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިދިޔަ ހަފްތާގައި ގއ. ކަނޑުހުޅުދޫގައި ކުޑާކުއްޖަކަށް ޖިސްމާނީ އަދި އެތައް އަނިޔާތަކެއް ލިބިގެންދިޔަ ވާހަކަ އަޑުއިވިގެންދިޔަ ކަމަށެވެ. އެ ކަންތައްތައް އެ ހިސާބަށް އައީ ކީއްވެގެންކަން އެއްވެސް މީހަކަށް އޮޅިފައި ނެތް ކަމަށާއި މިއީ ޒަމާނުއްސުރެ އެކަމާއިދޭތެރޭގައި އަޅާނުލެވި އޮތް އޮތުމުގެ ސަބަބުން ވެފައި އޮތް ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެވާހަކަ މިއަދު ނުދައްކާ ތިބެވެން ނެތް ކަމަށާއި އެކަމާއި ދޭތެރޭ ވަގުތުން ފިޔަވަޅުއަޅުއްވާ އެކަން ހައްލުކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

އެފަދަ ފަރާތްތައް ޒިންމާދާރު ކުރުވުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް މި އަރުވަނީ ކުޑަކުދިންގެ ރައްކާތެރިކުރުމަށްޓަކައި މަސައްކަތް ކުރުމަށް ހަވާލުވެތިބި ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއިން ކަމަކަށް އިހުމާލް ވެއްޖެ ނަމަ އެކަމާއި ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އަޅާންޖެހޭ މުވައްޒަކާއި ދޭތެރޭގައި އަޅާނަން. އަދި ޒިންމާދާރު ކުރުވުމަށްޓަކައިވެސް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ފަސްނުޖެހި ކުރާނަން.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު

ރައީސް ވިދާޅުވީ މުޖުތަމައުގައި މިނޫންވެސް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އޭގެތޭރޭގައި ހަރުކަށީ ފިކުރު، ޑްރަގްގެ މައްސަލަ، ކޮރަޕްޝަންގެ މައްސަލަ ހިމެނޭ ކަމަށެވެ. އަދި މިއީ އެއްފަހަރާ އެކުއެކީގައި ކުރިމަތިލާންޖެހިފައިހުރި މައްސަލަތައް ކަން ރައީސް ފާހަގަކުރެއްވިއެވެ.

މިކަންތައްތައް ހައްލު ކުރެވޭނީ ޒިންމާދާރުކަމާއި އެކީގައި މަސައްކަތް ކުރެވޭނެ ބަޔަކުހޯދިގެން ކަމަށާއި މިއީ އެމްޑީޕީން މިއަދު ކުރަމުންދާ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. މިދައުރުގެ ތެރޭގައި މިކަންތައްތަކަށް ހައްލު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް