ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 22:54
ރައީސް ނަޝީދު ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ނަޝީދު ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
އެޖެންޑާ 19 ރަށަށް
ރާއްޖެ ބަދަލުކުރަން ބޭނުންވަނީނަމަ، ފުރަތަމަ އިންސާނުންނަށް ބަދަލުވޭ: ރައީސް ނަޝީދު
 
އެންމެ ވޯޓެއް ނުލިބުނު ނަމަވެސް، ހައްގުތައް ރައްކާތެރިކުރުން މާ މުހިންމު: ރައީސް ނަޝީދު
 
އާއިލާ އަދި ގާތްތިމާގެ މީހުން މިކަމުގައި ހަނު ތިބޭތީ ރައީސް ނަޝީދުގެ ފާޑުކިޔުން އަމާޒުވި
 
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ އެންމެ މުހިންމުކަންތައް: ރައީސް ނަޝީދު

ރާއްޖެ ބަދަލުކުރަން ބޭނުންވަނީނަމަ، އެންމެ ފުރަތަމަ އިންސާނުންނަށް ވާން އެބަޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫގައި އިމާރާތްކޮށްފައިވާ އެމްޑީޕީގެ ހަރުގެ ހުޅުވަން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދު މިހެން ވިދާޅުވީ ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައަށް އިޝާރާތްކުރައްވައެވެ.

އަޅުގަނޑުމެންގެ މުޖުތަމައު އެއީ ތަރައްގީ ވެފައިވާ މުޖުތަމައުއަކަށް ވެވޭނީކީއެއް އަޅުގަނޑު އަބަދުވެސް ދަންނަވަން ބޮޑު ހިލަ ބަނދަރަކުންނެއް ނޫނޭ. ގުރައިދޫގެ ރައްޔިތުން ވިސްނަވާތި، މި ދިވެހިރާއްޖެ ތިބޭފުޅުން ބަދަލުކުރަން ބޭނުންވެއްޖިއްޔާ، އަޅުގަނޑުމެން އިންސާނުންނަށް އިހަށް ބަދަލުވާން ޖެހޭ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ މިކަން ކުރަން، މާތް ރަސްކަލާންގެ އަންގަވާފައިވާ ގޮތްތަކުގެ މަތިންނާއި، އިންސާނީ އާންމު އުސޫލުތަކުގައި ދިރިއުޅޭ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މުއައްސަސާތަކުންވެސް ތާއަބަދުމެ ފާރަލާލާ ތިބެންޖެހޭ ކަމަށް ވިދާޅުވިއެވެ.

ފުރަތަމަ ކަށަވަރުކޮށްދޭންވީ ކުޑަކުދިންގެ ހައްގުތައް ކަމަށާއި، އަދި އެންމެ ވޯޓެއް ނުލިބުނު ކަމުގައިވިޔަސް، އެއީ ކުރަންޖެހޭ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީގެ ހަގީގީ މަގުސަދަށް ވާންޖެހޭ ކަމަށް އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ނަޝީދު ގޮވާލެއްވިއެވެ.

(ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ) މި މަސައްކަތް އަޅުގަނޑުމެންނަށް ވަރަށް މުހިންމު. އަދި އެ މަސައްކަތަކީ އަޅުގަނޑުމެންނަށް އެއް ދުވަހު އެންމެ ވޯޓެއް ނުލިބުނުނަމަވެސް، އަޅުގަނޑުމެންގެ ހަގީގީ މަގުސަދު. އަޅުގަނޑުމެން އަސްލު މިކަމަަށް ނިކުމެ ތިބި ސަބަބު.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އާއިލާ އަދި ގާތްތިމާގެ މީހުން ހަނު ހުންނަ މައްސަލައަށް ފާޑު ވިދާޅުވެ، އެހެން އެކަން ނުކުރުމަށް ގޮވާލާފައެވެ. އަދި ކުދިންނަށް ސަލާމަތްތެރިކަމާއެކުގައި ނޫޅެވޭނެ މާހައުލެއް އޮތުމަކީ އެމްޑީޕީން ސަރުކާރުން ހިންގާނެ ގޮތެއް ނޫންކަމަށެވެ.

ޒަމާންތަކެއް ވަންދެން މިމައްސަލައާ މެދު "ވަރިހަމަ" ވެފައި ތިބެވިއްޖެ ކަމަށާއި، ދެން އެހެން ކަން ވިޔަ ނުދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވަނީ މީގެކުރިންވެސް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ނުދެވެނީނަމަ، ސިޔާސީ މަސައްކަތުގައި އުޅުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ދެކުނުގެ ރަށެއްގައި، އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބި ބަޔަކު ގުޅިގެން، އެންމެ ދެ އަހަރުގެ ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު އަންނަނީ ކަނބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމުގައި ބައިވެރިވި އެންމެންނަށް ހަރުކަށި އަދަބު ދިނުމަށްވެސް އަންނަނީ ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
75%
0%
0%
0%
0%
25%
ކޮމެންޓް