ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 22:02
ފިތޫރްގައި ހުރި ރާއްޖޭގެ ސްޓޭންޑް
ފިތޫރްގައި ހުރި ރާއްޖޭގެ ސްޓޭންޑް
އެމްއެމްޕީއާރްސީ
ފަތުރުވެރިކަމުގެ ސިނާއަތް
ސްޕެއިންގައި ބޭއްވޭ އެންމެ ބޮޑު ޓޫރިޒަމް ފެއަރ، ފިތޫރްގައި ރާއްޖެއިން ބައިވެރިވެއްޖެ
 
ސްޕެއިންގެ މާކެޓް ކުރިއެރުވުމަށް ފެއަރގެ ތެރެއިން މަސައްކަތް ކުރެވޭނެ
 
މި ފެއަރގައި 24 ކުންފުންޏަކުން 41 ފަރާތަކުން ވަނީ ބައިވެރިވެފައި
 
ފިތޫރް ފެއަރ ކުރިއަށްދާނީ، މި މަހުގެ 22 އިން ފެށިގެން 26 އަށް

ސްޕެއިންގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއަރ ކަމުގައިވާ ފިތޫރްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި މަހުގެ 22 އިން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ މި ފެއަރގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޓީމަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކެކެވެ. ފިތޫރް ފެއަރ ކުރިޔަށްދަނީ ސްޕެއިންގެ މެޑްރިޑްގައެވެ.

މި ފަހަރުގެ ފިތޫރް ފެއަރގައި ހުރި ރާއްޖޭގެ ސްޓޭންޑުން، ރާއްޖޭގެ ރީތިކަން ދައްކުވައިދޭ މަންޒަރުތަކާއި އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. މިފަހަރުގެ ފެއަރގައި ރާއްޖޭގެ 24 ކުންފުންޏަކުން 41 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

އެމްއެމްޕީއާރްސީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާ ބައްދަލުކޮށް، ސްޕެއިން އާއި އެހެނިހެން މާކެޓްތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމުގެ މަޝްވަރާތައް ކުރާނެއެވެ.

ރާއްޖެއަށް ހާއްސް ސްޓޭންޑުގެ އިތުރުން، އޭޝިއާގެ އެހެން ގައުމުތަކާއެކުގައި ހުންނަ ސްޓޭންޑަކުން ރާއްޖެއާ ބެހޭ މައުލޫމާތު ހިމެނޭ ކުއިޒެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކުއިޒްގައި ބައިވެރިވާ ފަރާތްތަކަށް އިނާމު ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.

އޭގެއިތުރުން، ދިވެހި ސަގާފަތް އިޝްތިހާރު ކުރުމުގެ ގޮތުން، ދިވެހި ލިބާސް ލައިގެން ފޮޓޯ ނެގުމާއި، ދިވެހި ރަހަތަކުގެ ތެރެއިން ތެލުލި ބަނބުކެޔޮ، އައްޑޫ ބޮނޑި އަދި ކުޅިކާޖާގެ ރަހަބެލުމުގެ ފުރުސަތުވެސް މި ސްޓޭންޑަށް ޒިޔަރާތްކުރާ ފަރާތްތަކަށް ލިބޭނެއެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސްޕެއިންއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ގިނަވެފައެވެ. އެގޮތުން 2018 ވަނަ އަހަރާ އަޅާބަލާއިރު، 13.5 އިންސައްތަ ކުރިއެރުމެއް ލިބިފައިވާއިރު، ޖުމްލަ 36،064 ފަތުރުވެރިން ވަނީ ސްޕެއިންއިން ޒިޔާރަތްކޮށްފައެވެ.

އެމްއެމްޕީއާރްސީން ވަނީ، ސްޕެއިންއިން ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން މިއަހަރުވެސް ހަރަކާތްތަކެއް ހިންގަން ހަމެޖެހިފައިވާ ކަމަށް މައުލޫމާތުދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް