ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 20:53
ނޮކޫ މޯލްޑިވްސް އައިލެންޑް ރިސޯޓް
ނޮކޫ މޯލްޑިވްސް އައިލެންޑް ރިސޯޓް
ގޫގުލް
ލޯންޗެއް ބަންޑުން ޖަހާލުން
7 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި އެކަކު މަރުވެއްޖެ
 
ރިސޯޓުގެ ފަރާތުން ޑިންގީއެއް އެ ސަރަޙައްދަށް ގޮސް މީހުން ސަލާމަތް ކޮށްފައިވާއިރު އެކަކު ހޭނާރާ
 
ލޯންޗު ބަންޑުން ޖަހާލާފައިވަނީ އެ ރިސޯޓުގެ ނެރުމައްޗަށް
 
މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ހަވީރު 17:48 ގައި

ނޮކޫ މޯލްޑިވްސް އައިލެންޑް ރިސޯޓަށް ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި މީހަކު މަރުވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ލޯންޗު ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ހަވީރު 17:48 ގައި ކަމަށާއި، ލޯންޗު ބަންޑުން ޖަހާލާފައިވަނީ އެ ރިސޯޓުގެ ނެރުމައްޗަށް ކަމަށެވެ. އަދި ލޯންޗުން އޭރު ދަތުރުކުރީ 7 މީހުން ކަމަށާއި، މަރުވެފައިވަނީ ލޯންޗުން ދަތުރުކުރި 51 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ މަރުވެފައިވާކަމުގެ މައުލޫމާތު ބުދަ ދުވަހުގެ ރޭ 19:50 ގައި ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ 51 އަހަރުގެ މީހާއަށް ލޮނު ބޮވުމުގެ ހޭނާރާތީ އޭނާ ނ މަނަދޫ ހެލްތު ސެންޓަރަށްވެސް ގެންދިޔަ ކަމަށެވެ. އަދި އޭނާއަކީ ރިސޯޓުގައި މަސައްކަތެއް ކުރަން ދިޔަ މީހެއްކަމަށްވެސް ބުނެފައިވެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ރިސޯޓުގެ ފަރާތުން ޑިންގީއެއް އެ ސަރަޙައްދަށް ގޮސް ކަނޑުވި މީހުން ސަލާމަތް ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
14%
0%
71%
14%
0%
0%
ކޮމެންޓް