ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 20:11
އެޑިސަން ކަވާނީ
އެޑިސަން ކަވާނީ
ގެޓީ އިމޭޖަސް
ޕީއެސްޖީ
ޑިމާންޑް ބޮޑުވެ ކަވާނީ ވިއްކާ އަގު ޕީއެސްޖީއިން ބޮޑުކުރަނީ
 
އެތްލެޓިކޯގެ އިތުރުން ކަވާނީ ގަތުމަށް އާސެނަލުންނާއި ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުން
 
ކަވާނީ މިވަގުތު ހުރީ އަނިޔާގައި

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އެޑިސަން ކަވާނީއަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ޝައުގުވެރިކަން ފާޅުކުރުމުން އޭނާ ވިއްކާ އަގު ޕީއެސްޖީއިން ބޮޑު ކުރަން ނިންމައިފިއެވެ.

މި ސީޒަނުގައި ޕީއެސްޖީގެ ފުރަތަމަ އެގާރައިން ކަވާނީއަށް ޖާގަ ގެއްލިފައިވާއިރު އޭނާ އަށް ޕީއެސްޖީގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލުނީ މި ސީޒަނުގައި ޕީއެސްޖީއާއި އަލަށް ގުޅުނު މައުރޯ އިކާޑީ އެޓީމާއިއެކު މޮޅު ކުޅުމެއް ދެއްކުމުންނެވެ.

މި ޓްރާންސްފަރ މާކެޓްގައި އިކާޑީ ގަތުމަށް ބޮޑެތި ގިނަ ކްލަބްތަކުން ޝައުގުވެރިކަން ފާޅު ކުރަމުންއަންނައިރު މި ހާތަނަށް އޭނާ ގަތުމަށް ރަސްމީ ސިފައެއްގައި ބިޑް ކޮށްފައިވަނީ ހަމައެކަނި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުންނެވެ. އެތްލެޓިކޯ މެޑްރިޑުން ވަނީ ކަވާނީ ގަތުމަށް 25 މިލިއަން ޕައުންޑްގެ ބިޑެއް ކޮށްފައެވެ.

އެތްލެޓިކޯގެ އިތުރުން ކަވާނީ ގަތުމަށް އާސެނަލުންނާއި ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކަވާނީ ވަނީ އެތްލެޓިކޯއާއި އެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެއްބަސް ވެފައެވެ.

މިވަގުތު އަނިޔާގައި ހުރި ކަވާނީ އަށް ކުޅެވޭނެ ދުވަހެއް އަދި ނޭނގޭ އިރު ބެލެވޭ ގޮތުގައި ކަވާނީ އަށް އެނބުރި ކުޅުމަށް އާދެވޭނީ 2020 ވަނަ އަހަރުގެ މެދުތެރޭގައެވެ.

ޕީއެސްޖީއަށް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކަވާނީ އަށް މި ސީޒަނުގައި ކުޅެވުނީ އެންމެ މެޗެކެވެ. އަނިޔާގެ ގިނަ މައްސަލަތަކާއި ފަހަކަށް އައިސް ކުރިމަތިލާން ޖެހިފައިވާ ކަވާނީ 2024 ވަނަ އަހަރު ރިޓަޔަރ ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަނިޔާއާއި މެދު ވާހަކަދައްކަމުން ކަވާނީ ބުނީ އަނިޔާއަށް ފަހު ކުޅުމާއި ބައިވެރިވާއިރު ކުޅެން ނިކުންނާނީ ވަރުގަދަކޮށް ކަމަށެވެ.

ކަވާނީ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅުނު 289 މެޗުން 196 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި އުރުގުއޭއީ އަށް ކުޅެދިން 116 މެޗުގައި އޭނާ ވަނީ އެޓީމަށް 50 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް