ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 20:03
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދަށު ކޯޓުތަކަށް ޒިޔާރަތް ކުރެއްވުން
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދަށު ކޯޓުތަކަށް ޒިޔާރަތް ކުރެއްވުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓް
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދަށު ކޯޓުތަކަށް ޒިޔާރަތްކުރައްވައިފި
 
ކޯޓުތަކުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވޭ
 
ސުޕީރިއަރ ކޯޓުތަކަށް ދިމާވާ ދަތިތައް އުއްތަމަ ފަނޑިޔާރާ ހިއްސާ ކުރެއްވި
 
ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވޭ

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ޢަދުނާނުއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދަށު ކޯޓުތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުން ބުނީ، މި ޒިޔާރަތުގައި ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމާއި، މަސައްކަތް ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ސުޕީރިއަރ ކޯޓުތަކަށް ދިމާވާ ދަތިތައް އުއްތަމަ ފަނޑިޔާރާ ހިއްސާ ކުރައްވައި ކޯޓުތަކުގެ ހިންގުން ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅިގެން ކޯޓުތަކުގެ ފަނޑިޔާރުންނާއި އިސްވެރިންނާ މަޝްވަރާކޮށް ޚިޔާލުފާޅު ކުރަައްވާފައިވާ ކަމަށެވެ.

އޭގެއިތުރުން، ކޯޓުތަކުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކޯޓުތަކުގެ ފަނޑިޔާރުންނާއި، އިސް ވެރިންނާއި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އާއި، ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރުގެ އިތުރުން ޙުސްނުއްސުޢޫދުވެސް ވަނީ ސުޕީރިއަރ ކޯޓުތަކަށް ޒިޔާރަތް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް