ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 19:18
ޗެލްސީ އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން
ޗެލްސީ އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން
އީޕީއޭ
އިނގިރޭސި ޕްރިމިއާ ލީގު
ދިހަ ކުޅުންތެރިންނާއިއެކު އާސެނަލްއިން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފި
 
މި މެޗު ނިމިގެންދިޔައީ 2-2 ގެނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ދިހަ ކުޅުންތެރިންނާއިއެކު އާސެނަލްއިން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗެގެ 26 ވަނަ މިނެޓުގައި އާސެނަލްގެ ޑޭވިޑް ލުއިޒްއަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. އޭރިޔާ ތެރެއިން ޑޭވިޑް ލުއިޒް ޗެލްސީ ކުޅުންތެރިޔަކަށް ކުރި ފައުލާއެކު ޗެލްސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީ އެޓީމުން ވަނީ ކާމިޔާބުކޮށް ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ އެވެ. މި ލަނޑަށްފަހު ވެސް ޗެލްސީއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 45 ވަނަ މިނެޓުގައި ކޮވަކިޗް އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އާސެނަލްއިން އެޓިމުގެ ކުޅުން ރަނގަޅު ކުރިއިރު، މެޗުގެ 62 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގަބްރިއެލް މާޓިނެލީ އެވެ. ނަމަވެސް މި ލަނޑާއިއެކު ޗެލްސީއިން އެޓީމްގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު މެޗުގެ 84 ވަނަ މިނެޓުގައި ޗެލްސީއިން ވަނީ ލަނޑު ޖަހައި ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ.

މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސެޒާ އަޕްޕިލިކުއޭޓާ އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އާސެނަލްއިން ވަނީ ލަނޑު ޖަހައި މެޗުން އެއް ޕޮއިންޓް ހޯދައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެކްޓާ ބާރލިންއެވެ.

މިނަތީޖާ އާއިއެކު ޗެލްސީއިން އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 24 މެޗުން ލިބުނު 40 ޕޮއިންޓާއިއެކުގައެވެ. މެޗުން ބަލިވި އާސެނަލް ލީގު ތާވަލުގެ 10 ވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 30 ޕޮއިންޓާއިއެކުގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި ލިވަރޕޫލުން އޮތީ ކުޅުނު 22 މެޗުން ލިބުނު 64 ޕޮއިންޓާއެކުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް