ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 18:08
ޔޫތް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ޔޫތް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓް
ޓީޓީ
ކުޅިވަރާއި ބެހޭ ވަޒީރު ޓީޓީ މައި އިދާރާގެ ރައީސްއާއި ބައްދަލުކުރައްވައިފި
 
އައިޓީޓީއެފްގެ ރައީސް އަކީ ބައިނަލްއަގްވާމީ ކުޅިވަރު ޖަމިއްޔާއެއްގެ ރައީސް އެމްއޯސީ އަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރު
 
ފާތިމަތު ދީމާ ހޯދަމުންދާ ކާމިޔާބީ އަކީ ރާއްޖޭގައި ޓީޓީ ކުރިއެރުވޭނެ ކަމުގެ ހެއްކެއް

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުގެ ރައީސް ތޯމަސް ވެއިކާރޓް އާއި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް މިއަދު ބައްދަލުކުރައްވައިފިއެވެ.

ޔޫތް މިނިސްޓްރީއިން ބުނީ މިއަދު ހެނދުނު އައިޓީޓީއެފްގެ ރައީސްއާއިއެކު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ރާއްޖޭގެ ޓީޓީ ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާއި މެދުގައި ކަމަށާއި މީގެއިތުރުން ބީޗް ޓީޓީ ރާއްޖެއަށް ތައާރަފް ކުރުމަށްވެސް މަޝްވަރާކުރެވުނު ކަމަށެވެ.

ކުޅިވަރާއި ބެހޭ ވަޒީރުގެ އިތުރުން ތޯމަސް ވަނީ މިއަދު ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރްޒޫގް އާއި ވެސް ބައްދަލުކުރައްވައިފައެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ މި ބައްދަލުވުންތަކުގައި އެއެސޯސިއޭޝަނުގެ ވެރިން ވަނީ ބައިވެރިވެފައި ކަމަށާއި އައިޓީޓީއެފްގެ ރައީސް ތޯމަސް ވަނީ ސޯޝަލް ސެންޓަރުގެ އިތުރުން ޓީޓީ ހޯލު ބައްލަވައިލައްވައިފައި ކަމަށެވެ.

އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ މަރްޒޫގް ވިދާޅުވީ އައިޓީޓީއެފްގެ ރައީސް އަކީ ބައިނަލްއަގްވާމީ ކުޅިވަރު ޖަމިއްޔާއެއްގެ ރައީސް އެމްއޯސީ އަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ.

ތޯމަސް ވިދާޅުވީ އޭނާ ރާއްޖެއަށް އައީ ޗުއްޓީ ހޭދަކޮށްލުމަށް ކަމަށާއި ނަމަވެސް ރާއްޖޭގެ ޓީޓީ ކުޅުންތެރިން ހޯދަމުންދާ ކާމިޔާބީއާއި އެކު ޓީޓީގެ ކަންތައްތައް ކުރިޔަށްދާގޮތް ބަލައިލަން ބޭނުންވީ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ފާތިމަތު ދީމާ ހޯދަމުންދާ ކާމިޔާބީ އަކީ ރާއްޖޭގައި ޓީޓީ ކުރިއެރުވޭނެ ކަމުގެ ހެއްކެއް ކަމަށާއި ޓީޓީ ކުރިއެރުވުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން އުފަލާއެކު ފާހަގަ ކުރާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި