ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 14:43
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020
ވޯޓު ކަރުދާސް ބާޠިލުވާނެ އޮތީ ދެގޮތެއް: އިލެކްޝަންސް
 
ސިޓީތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ރަށު ކައުންސިލްތަކުގެ ރައީސުން ކަނޑައެޅޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން
 
ރަނގަޅު ފާހަގަ ނޫން ފާހަގައެއް ނުވަތަ ކުރެހުމެއް ކުރެހުން
 
ވޯޓު ދޭންޖެހޭ ކެންޑިޑޭޓުންގެ އަދަދަށްވުރެ އިތުރަށް ވޯޓު ދިނުން

އަންނަ އޭޕްރީން މަހު ބާއްވާ ލޯކަލް ކައުންސިލަތްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓު ކަރުދާސް ބާޠިލުވާނެ ގޮތްތަކާއި، އިންތިޚާބުގައި ވޯޓު ގުނުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީން ބުދަ ދުވަހު، އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގައި ޓްރެއިނިން ހޯލުގައި ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ވޯޓު ކަރުދާސް ބާޠިލިުވާނެ އޮތީ ދެ ގޮތެއް ކަމަށެވެ. އެއީ، ވޯޓު ދޭންޖެހޭ ޢަދަދަށްވުރެ އިތުރަށް ފާހަގަ ޖެހުން ނުވަތަ ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ކުރެހުން ކަމަށެވެ. އެއީ ޤާނޫނުގައި ވެސް އެކަން ބާޔާންކޮށްފައިވާ ގޮތްކަމަށް ޝަރީފް ވިދާޅުވިއެވެ.

"ވޯޓް ކަރުދާސް އެކީ ބާޠިލުވާނެ ދެ ގޮތެއް އޮންނާނެ. އެއްގޮތަކީ އެއްވެސް ވޯޓެއްގައި ފާހަގަ ޖަހަންޖެހޭ އަދަދަށްވުރެން، ގިނައިން ފާހަގަ ޖަހާފިއްޔާ، ގާނޫނުގައި އެބަބުނޭ އެވޯޓު ކަރުދާސް ބާތިލްވާނެ ކަމަށް. މިސާލަކަށް އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިހާބު ކުރަންޖެހެނީ އެކަކު، ނަމަވެސް ވޯޓު ކަރުދާސްކޮޅެއްގައި އޮތީ ދެ މީހަކަށް ވޯޓު ދީފައި، އެހެންވިއްޔާ އެ ވޯޓު ކަރުދާސް އެއްކޮށް ބާތިލްވާނެ. އަނެއް ގޮތަކީ، ރަނގަޅު ފާހަގަ ނޫން ފާހަގައެއް ޖަހާފަ އޮތިއްޔާ އެ ވޯޓު ކަރުދާސް އެއްކޮށް ބާތިލްވާނެ. މުޅި ވޯޓު ކަރުދާސް ބާތިލްވާނެ ކަމަށް ގާނޫނުގައި ބުނެފައި އޮންނަ ދެ ގޮތަކީ އެއީ،" ޝަރީފް ވިދާޅުވި އެވެ.
އަޙްމަދު ޝަރީފް /އިލެކްޝަންސް ކޮމިޝަނުގެ ރައީސް

މީގެއިތުރުން ޝަރީފް ވިދާޅުވީ، ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދާއިރު، ވޯޓު ގުނަނީ ރަނގަޅަށްތޯ ބެލުމަށް ތިން އޮފިޝަލުން ތިއްބަވާނެ ކަމަށެވެ.

"ވޯޓު ކަރުދާސް ދައްކައި ގުނަމުންދާއިރު، ވޯޓު ޓެލީ ކުރަމުންދާ އޮފިޝަލަކާއި ޓެލީ ކުރާ އޮފިޝަލް ޓެލީ ކުރަނީ ރަނގަޅަށްތީ ބެލުމަށް އޮފިޝަލެއް ހުންނަވާނެ އަދި ދެވަނަ ފަހަރަށް ރީޗެކް ކުރާ އޮފޮޝަލެއް ހުންނާނެ. ވާހަކައަކީ ކޮންމެ 50 އަކުން 50 އަކުން ޓެލީ ޝީޓެއް ހަދާފަ އިންނާނީ،" ޝަރީފް ވިދާޅުވި އެވެ.
އަޙްމަދު ޝަރީފް /އިލެކްޝަންސް ކޮމިޝަނުގެ ރައީސް

ޝަރީފް ވިދާޅުވީ ވޯޓުލުމާއި ވޯޓު ގުނުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ ގޮތް، ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި، މިކަމުގައި ޤައުމީ ލަފާދޭ ކޮމެޓީގެ އެއްބާރުލުންވެސް ބޭނުންވާނެ ކަމަށެވެ. އަދި ވޯޓު ކަރުދާހާއި ވޯޓުލުމާއި، އަދި ވޯޓު ގުނުމުގައި އިލެކްޝަންސް ކޮމިޝަނުން ކުރާނެ ގޮތުގެ އިތުރު މަޢުލޫމާތު ހިމެނޭގޮތަށް ވޯކްޝޮޕެއް ޤައުމީ ލަފާދޭ ކޮމެޓީއަށާއި، މީޑިއާތަކަށާއި، ކަމާބެހޭ އިދާރާތަކަށް ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިހާރު ބާއްވަން ތައްޔާރުވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ، މިހާތަނަށް ބޭއްވި ތިން އިންތިޚާބަށްވުރެ، ތަފާތު އިންތިޚާބެކެވެ. އެގޮތުން ސިޓީތަކުގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުން ކަނޑައެޅޭނީ، އެމަޤާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މެދުގައި ނެގޭ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. މީގެކުރިން އެމަޤާމުތަކަކީ، ކައުންސިލްތަކަށް އިންތިޚާބުވާ ކައުންސިލަރުންގެ މެދުފައި ނެގޭ ވޯޓަކުން ކަނޑައެޅޭ މަޤާމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
5%
21%
0%
26%
11%
37%
ކޮމެންޓް
22 ޖެނުއަރީ 2020 | ބުދަ 15:17
ޟަހީރު
ބޯޓު ކަރުދާސް ވީމަ މައްސަލައަކީ، ވޯޓް ކަރުދާސްނަމަ އޯކޭ