ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 12:06
ޗައިނާގައި ކްރޯނާ ވައިރަސް ޖެހުނު މީހަކު ކަރަންޓީން ކޮށްގެން ގެންދަނީ
ޗައިނާގައި ކްރޯނާ ވައިރަސް ޖެހުނު މީހަކު ކަރަންޓީން ކޮށްގެން ގެންދަނީ
ސީ.އެން.އެން
ކްރޯނާ ވައިރަސް
ރާއްޖޭގެ އެއަރޕޯޓުތަކުގައި ކޮރޯނާއަށް ސްކޭން ކުރެވޭނެ ނިޒާމު ވަރުގަދަކުރަންޖެހޭ: ނިޔާފް
 
ރާއްޖޭގައި ފިޔަވަޅުތައް އަޅާފައި ހުރިކަން، އަދި ތަންފީޒުކުރާކަން އެންމެންނަށް ވެސް އެނގެން ޖެހޭ
 
ޗައިނާގެ އިތުރުން ޖަޕާން، ތައިލޭންޑް، ދެކުނު ކޮރެއާ އަދި އެމެރިކާއިން ވެސް ބަލި ޖެހިފައިވާ މީހަކު ވަނީ ފެނިފަ
 
ބަލި ޖެހިފައިވާ 440 މީހުން ފެނިފައިވާއިރު، މި ބަލީގައި 9 މީހަކު ވަނީ މަރުވެފަ

ޗައިނާގައި ހަލުވިކަމާއެކު ފެތުރުމުންދާ ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ އެއަރޕޯޓުތަކުގައި ކޮރޯނާއަށް ސްކްރީން ކުރުމުގެ ނިޒާމު ވަރުގަދަކުރުމަށް ޑރ. ޢަބްދުﷲ ނިޔާފް ގޮވާލައްވައިފިއެވެ.

ނޭވާލާ ނިޒާމަށް އަސަރު ކުރުވާ، ނޮވެލް ކޮރޯނާ ވައިރަސްއިން ޖެހޭ މި ބަލި ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ވުހާން ސިޓީގައި ފެތުރެން ފެށީ މިދިޔަ ޑިސެމްބަރު މަހުގެތެރޭގައެވެ. މިހާތަނަށް އެ ބަލި ޖެހިފައިވާ 440 މީހުން ފެނިފައިވާއިރު، މި ބަލީގައި 9 މީހަކު ވަނީ މަރުވެފައެވެ.

ޗައިނާގައި މި ބަލި ހަލުވިކަމައެކު ފެތުރެމުންދާ އިރު، އެޤައުމުގެ އިތުރުން ޖަޕާން، ތައިލޭންޑް، ދެކުނު ކޮރެއާ އަދި އެމެރިކާއިން ވެސް ބަލި ޖެހިފައިވާ މީހަކު ވަނީ ފެނިފައެވެ.

ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިން އެންމެ ގިނައިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ. އެހެންކަމުން މި ބަލީގެ ނުރައްކާ ރާއްޖެއަށް އައުމަކީ އެކަށީގެންވާ ކަމެއްކަމަށް އެޗްޕީއޭއިން ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ދުރާލާ އެކަމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވެފައިވަނިކޮށް ނިޔާފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ޤައުމުތަކެއްގައި މިހާރު ވެސް ސަލާމަތީ ފިޔަވަޅުތައް އަޅާ އެކަން އިޢުލާން ވެސް ކޮށްފައިވާ ކަމަށެވެ. ހަމަ އެގޮތަށް ރާއްޖޭގައި ވެސް އެ ފިޔަވަޅުތައް އަޅާފައި ހުރިކަން، އަދި ތަންފީޒުކުރާކަން އެންމެންނަށް ވެސް އެނގެން ޖެހޭ ކަމަށާއި، އެ އިތުބާރު އުފައްދައިދިނުމަށް ނިޔާފް ވަނީ ގޮވާލައްވާފައެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ފެތުރެމުންދިޔަ، ނޭވާލާ ނިޒާމަށް އަސަރުކުރުވާ ގޮތްނޭނގޭ ބައްޔަކީ ކޮރޯނާ ވައިރަސް ޢާއިލާގެ އަލަށް ފެނުނު ނޮވެލް ކޮރޯނާ ވައިރަސްއިން ޖެހޭ ބައްޔެއްކަމުގައި ހޯދިފައިވާ ކަމަށެވެ.

ޗައިނާގައި މި އައުޓްބްރޭކްގައި ބަލިވި ގިނަ މީހުންނަކީ ސީފުޑް އާއި ޖަނަވާރު ވިއްކާ މާރުކޭޓެއްގައި މަސައްކަތްކުރަމުންދިޔަ މީހުންނާއި އެތަނަށް އެކި ކަންކަމުގައި ގޮސްފައިވާ މީހުން ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް