ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 11:49
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ރައީސް އޮފީސް
ޖަލު
އައު ސީޕީ އާއެކު ޖަލު އޮޑިޓް ތަންފީޒުކުރުމުގެ މަސައްކަތް ހަލުވިވާނެ: މިނިސްޓަރ
 
އެމަގާމަށް މިހާރު އައްޔަނު ކުރައްވާފައިވަނީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، އަހުމަދު މުހައްމަދު ފުޅު
 
ޖަލުތައް ބެލެހެއްޓުމުގެ ކަންކަމާއި ހަވާލުވެ ހުންނަވާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަޤާމުން ވަކިކޮށްފައިވަނީ އަންގާރަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ރާއްޖޭގެ ޖަލުތައް އިޞްލާޙުކުރުމަށް ވެވަޑައިގަންފައިވާ ވަޢުދުފުޅާ ، ޖަލު އޮޑިޓްގެ ރިކޮމެންޑޭޝަން ތަންފީޒުކުރުމުގެ މަސައްކަތް އާ ސީޕީ އާއެކު ހަލުވިކަމާއެކު ކުރިޔަށްދާނެ ކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖަލުތައް ބެލެހެއްޓުމުގެ ކަންކަމާއި ޙަވާލުވެ ހުންނަވާ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް މަޤާމުން ވަކިކޮށްފައިވަނީ އަންގާރަ ދުވަހު އެވެ. އެއަށްފަހު އެމަޤާމަށް ޢައްޔަނުކުރައްވާފައިވަނީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، އަޙްމަދު މުޙައްމަދު ފުޅު އެވެ.

ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ސީޕީ ޢަބްދުﷲ މުނާޒު ކަރެކްޝަނަލް ސަރވިސް އަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށް ޝުކުރު ދަންނާވަކަމަށެވެ.

މީގެއިތުރުން މަޤާމުން ވަކި ކޮށްފައިވާކަން އަންގައި ރައީސް އޮފީހުން މުނާޒަށް ފޮނުވާފައިވާ ސިޓީ ޓްވިޓަރގައި ޙިއްސާކުރައްވާ މުނާޒް ވިދާޅުވެފައިވަނީ، އޭނާ މަޤާމުން ވަކިކޮށްފައިވަނީ ސަރުކާރު ކޯލިޝަނުގެ އެތެރެއިންނާއި ބޭރުން ގުޅިގެން "ޖަލު ހިލުވާލުމަށް" ކުރި ކަންކަން ކާމިޔާބު ނުވުމުން ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމަކީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި މުނާޒް ވަނީ ސިފަ ކުރައްވާފައެވެ.

މުނާޒް މަޤާމުން ވަކިކޮށްފައިވާއިރު، ދާދި ފަހުން ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން މުނާޒަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް ޢަމާޒުވެފައެވެ. އެގޮތުން ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމުގެ ވަޢުދާއެކު އައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މުނާޒް ނުކުޅެދިފައިވާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާއިތުވި ދުވަސްތަކުގައި މުނާޒާއި ދެކޮޅަށް އަޑުއުފުލާފައެވެ.

އޭގެއިތުރުން، ޤައިދީންނަށް ދޭންޖެހޭ ޢަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި އިހުމާލުވުމުގެ ތުހުމަތު ތަކުގެ އިތުރުން، މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޢާފުދެއްވި ފަރާތްތައް މިނިވަންކުރުމުގެ ތެރޭގައި، އޮޅިގެން ޤައިދީން ދޫކޮށްލެވުމުގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އަދި އެކަންކަމާއި ގުޅިގެން ކަރެކްޝަންސްގެ މައްޗަށް އޮންނަ އިތުބާރު ގެއްލުމަށް މަގުފަހިވެގެންދާކަމަށް ބުނެ އެކި ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކަރެކްޝަންސްއާއި ގުޅުންހުރި ކަންކަމުގައި ބޭނުންވާ މަޢުލޫމާތު ލިބިގަތުމުގައި ދަތިވާކަމުގެ ޝަކުވާތަކެއްވެސް މުނާޒުގެ މައްޗަށް ވަނީ ކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް