ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 07:31
ޝަހީދު އާދަމް ބިލްޑިން
ޝަހީދު އާދަމް ބިލްޑިން
ދަ އެޑިޝަން
ޏ.ފުވައްމުލައް
15 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުގައި ކައިވެނިކުރި މައްސަލަ އެއް
 
ފުލުހުން ދަނީ މައްސަލަ ބަަލަމުން

ޏ. ފުވައްމުލަކުގައި، ހަރުކަށި ފިކުުރު ގެންގުޅެ ޤާނޫނާ ޚިލާފަށް ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކު ކައިވެނިކޮށްގެން އުޅޭ މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އެ އަންހެން ކުއްޖާ ކައިވެނި ކޮށްގެން ކަމަށް ބުނެ އޭނާއާ މެދު ޖިންސީ ގޯނާކުރި މައްސަލައެއްގައި، އާދިއްތަ ދުވަހު 14:50 ހާއިރު ކޯޓު ޢަމަރުގެ ދަށުން 39 އަހަރުގެ ފިރިހެނަކު ފުވައްމުލަކުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ފިރިހެން މީހާ އަކީ މީގެ ކުރިންވެސް 18 އަހަރުން ދަށުގެ އަންހެން ކުދިންނާ ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގި ކަމުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން އުމުރުން 35 އަަހަރުގެ އެ އަންހެން ކުއްޖާގެ މަންމަ އެ ކުއްޖާ އަށް އިހުމާލުވެފައިވާ މައްސަލާގައި އެ ކުއްޖާގެ މަންމަވެސް އާދިއްތަ ދުވަހު 16:02 ހާއިރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

15 އަހަރުގެ ކުއްޖާކު ކައިވެނިކޮށްގެން އުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، ރ. މަޑުއްވަރީގައި 13 އަހަރުގެ އަންހެނުން ކުއްޖަކު ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ މައްސަލައެއް ވަނީ ދާދިފަހުން ފެންމަތިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް