ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 00:21
ޖޭއެސްސީގެ މެމްބަރު މަސްތޫރު ހުސްނީ
ޖޭއެސްސީގެ މެމްބަރު މަސްތޫރު ހުސްނީ
ޓްވިޓަރ
މަސްތޫރު ހުސްނީ
ފަނޑިޔާރުގެއަށް ގެނައި ބަދަލުތަކުގެ އަސަރު ފެންނަށް ފަށައިފި: މަސްތޫރު ހުސްނީ
 
ގާނޫނުގައި ބުނާގޮތަށް ކޯޓުތައް ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި
 
އެންމެ ގިނައިން ހުށައެޅެނީ މައްސަލަތައް ލަސްވާ ކަމުގެ ޝަކުވާތައް
 
އަދުލުވެރި ފަނޑިޔާރުގެއަކީ ރައްޔިތުން އެދޭ އެންމެ ބޮޑު އެއްކަން: މަސްތޫރު

ފަނޑިޔާރުގެއަށް ގެނައި ބަދަލުތަކުގެ އަސަރު މިހާރު ފެންނަން ފަށައިފި ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެމްބަރު މަސްތޫރު ޙުސްނީ ވިދާޅުވެއްޖެއެވެ.

އަލަށް އައްޔަންކުރެވުނު ފަނޑިޔާރުން ހުވާކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްތޫރު ވިދާޅުވީ، އަދުލުވެރި ފަނޑިޔާރު ގެއެއް ލިބުމަކީ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއްކަންތައް ކަމަށެވެ. އެފަދަ ފަނޑިޔާރުގެއަކީ އިތުބާރު ކުރެވޭ އަދި އެކަށީގެންވާ އަވަސް މިނުގައި މައްސަލަ ބަލާ ތަނަކަށްވުމަކީ އެންމެންވެސް ގަބޫލުކުރާ އެއްކަން ކަމަށް ވިދާޅުވިއެވެ.

ޖޭއެސްސީގެ މެމްބަރު ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ބޭނުމަކީވެސް އަދި ހާސިލްކުރަން ބޭނުންވާ ކަމަކީވެސް އެފަދަ ފަނޑިޔާރުގެއެއް ރައްޔިތުންނަށް ހޯދައިދިނުންކަމަށެވެ. ހުސްވި އަހަރު ފަނޑިޔާރުގެއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ބެންޗަށް ހަތަކޮށް ބަދަލުކޮށް، ބަދަލުތަކެއް ގެނެސް، މުޅިން އައު ފަނޑިޔާރުންގެ ބެންޗެއް ވަނީ އެކުލަވައިލާފައެވެ.

ޖޭއެސްސީގެ މެމްބަރު މަސްތޫރު ވިދާޅުވީ، އެ ބަދަލުތަކުގެ އަސަރު މިހާރު ފެންނަން ފަށައިފި ކަމަށެވެ.

އެގޮތުން މިހާރު ފަނޑިޔާރުގެއަކީ ހުޅުވާލެވިފައިވާ ރައްޔިތުންނާ މިހާކައިރިން މަސައްކަތް ކުރެވޭ ގޮތަށް އިންތިޒާމުކުރެވިގެން ހިނގާތަން އަޅުގަނޑުމެންނަށް އެބަފެނޭ. ހަމަ އެއާއިއެކު މައްސަލަތައް ތާވަލުކުރުމާއި ހިންގުމުގައި އަަވަސް ވެފައިވާކަން އަޅުގަނޑުމެންނަށް ފެނޭ.
މަސްތޫރު ހުސްނީ

އޭނާ ވިދާޅުވީ، ބަދަލުތަކެއް އަންނައިރު ކޯޓުތައް ހިންގުމަށް ގާނޫނު ކަނޑައަޅާފައިވާ ތަސައްވުރާ އެއްގޮތަށް ކޯޓުތައް ހިންގުމަށް މިހާރު ފަނޑިޔާރުން މަސައްކަތް ކުރައްވަމުން ގެންދަވާތަންވެސް ފެންނަމުންދާ ކަމަށެވެ.

ހުސްވި އަހަރު ޖޭއެސްސީއަށް ހުށައެޅުނު ޝަކުވާތަކުގެ ތެރެއިން ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހުށައެޅޭ މައްސަލަތައް ލަސްވުމެވެ.

200 ހާ ޝަކުވާ އަޅުގަނޑުމެންނަށް (ޖޭއެސްސީ) އަށް އަޅުގަނޑުމެންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅައި އެއްބައި ޝަކުވާއަކީ މައްސަލަތައް އާދަޔާ ހިލާފަށް ލަސްވުން.
މަސްތޫރު ހުސްނީ ~ ޖޭއެސްސީގެ މެމްބަރު

މަސްތޫރު ވިދާޅުވީ، މައްސަލަތައް އަވަސްކޮށްދިނުމަށް ކަމައިބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި ހަމައެއާއިއެކު އަދުލު އިންސާފު ލަސްވުމަކީ އޭގެ ޒާތުގައި އަދުލު އިންސާފު ނުލިބުންކަން ފާހަގަކުރެއްވަމުން މަސްތޫރު ވިދާޅުވީ، މައްސަލަ ލަސްވާ ސަބަބު ހޯދަން ފަނޑިޔާރުން ހާޒިރުކޮށް ބަލަން ފަށާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް