ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 22:05
ވާވޭގެ ސީއެފްއޯ މެންގް ވަންޖޫ
ވާވޭގެ ސީއެފްއޯ މެންގް ވަންޖޫ
ްއެލްއޭ ޓައިމްސް
ވާވޭ
ވާވޭގެ ސީއެފްއޯގެ ޝަރީއަތް ކެނެޑާގައި ފަށައިފި
 
މީގެ ކުރިން ކަފާލާތުގެ ދަށުން، މެންގް ދޫކޮށްލާފައިވޭ
 
އެމެރިކާއިން ދަނީ މެންގް އެގައުމާ ހަވާލުކުރުމަށް ގޮވާލަމުން
 
ހައްޔަރު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު

އެމެރިކާއިން އެދިގެން ކެނެޑާއިން ހައްޔަރުކުރި ވާވޭގެ ސީއެފްއޯ މެންގް ވަންޖޫގެ ''އެކްޓްރެޑިޝަން'' ގެ ޝަރިޔަތް ކެނެޑާގެ ކޯޓުގައި ފަށައިފިއެވެ.

ކެނެޑާއިން މެންގް ވަންޖޫ ހައްޔަރު ކޮށްފައިވަނީ 2018 ވަނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ވެންކޫވާ އެއާޕޯޓުންނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ވާވޭގެ ސަބްސިޑަރީ ކުންފުންޏެއް ހަދައިގެން އިރާނާއި ވިޔަފާރި ކުރިކަމުގެ ތުހުމުތުގައެވެ. 7.4 މިލިއަން ޑޮލަރުގެ ކަފާލާތެއްގެ ދަށުން ކެނެޑާއިން މީގެކުރިން މެންގް ދޫކޮށްލިއެވެ.

މެންގް ހައްޔަރުކުރުމާއި ގުޅިގެން ކެނެޑާއާއި ޗައިނާގެ ގުޅުން ގޯސްވެފައިވާއިރު، ކެނެޑާގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި މިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާއާއިއެކު ހެދޭ ވިޔަފާރި އެއްބަސްވުމެއްގެ ދަށުން މެންގް ދޫކޮށްލެވި ދާނެ ކަމަށް ވިދާޅުވެފައިވުމުން މިކަމަށް ވަނީ އިތުރަށް ބާރު ލިބިފައެވެ.

ދުނިޔޭގެ މުއާސަލާތީ އާލާތްތައް އުފައްދާ އެއްމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ވާވޭއަކީ ދުނިޔޭގެ 170 ގައުމެއްގައި ވިޔަފާރި ކުރަމުން އަންނަ ޗައިނާގެ ކުންފުންޏެކެވެ. ވާވޭއިން ދަނީ 2020 ވަނަ އަހަރު ބޭނުންކުރަން ފަށަން ހަމަޖެހިފައިވާ 5ޖީ ނެޓްވޯކުތަކަށް ބޭނުންވާ ގިނަ އާލާތްތައް ވެސް އުފައްދަމުންނެވެ. ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައި ވާވޭއިން ވަނީ ވާދަވެރި އެމެރިކާގެ އެޕަލް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ސްމާޓް ފޯނު ބާޒާރުގެ ދެވަނަ ދަރަޖަ ހޯދާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް