ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް ''އަވަހާރަ'' ކޮށްލާ މީހަކަށް ތިން މިލިއަން ޑޮލަރު

  • އެމެރިކާ އަށް ވަރުގަދަ އިންޒާރެއް ދީފައިވޭ
  • ކަރމަން އަކީ ސުލައިމާނީގެ އުފަން އަވަށް

ކ. މާލެ | 21 ޖެނުއަރީ 2020 | އަންގާރަ 22:08 | 27,081

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ބީބީސީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ''އަވަހާރަ'' ކޮށްލާ މީހަކަށް ތިން މިލިއަން ޑޮލަރު ދެއްވާނެ ކަމަށް އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަހުމަދު ހަމްޒެހް އިއުލާން ކުރައްވައިފިއެެވެ.

ހަމްޒެހް އަކީ އިރާނުގެ ކަރމަން ޕްރޮވިންސްގެ ކަހްނުޖް ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. ޓްރަމްޕް އަވަހާރަކޮށްލި މީހަކަށް ތިން މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ހަމްޒެހް ވިދާޅުވެފައިވަނީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

ކަރމަން އަކީ، އެމެރިކާއިން އަވަހާރަކޮށްލި އިރާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ގާސިމް ސުލައިމާނީގެ އުފަން އަވަށެެވެ. އެމެރިކާއިން އިން ދިން ޑްރޯން ހަމަލާއެއްގައި ސުލައިމަނީ އަވަހާރަ ކޮށްލާފައިވަނީ މި ހިނގާ މަހުގެ ތިން ވަނަ ދުވަހުއެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ވަނީ އެމެރިކާގެ ފައުޖުތައް މެދުއިރުމަތީގެ ސަރަހައްދުން ފޭބުމަށް އިންޒާރު ދީފައެވެ. ހަމްޒެހު ވިދާޅުވީ، އެމެރިކާއިން ސުލައިމާނީ ''ޝަހީދު'' ކޮށްލަން ދިން ހަމަލާއަށްވުރެ އިރާނުން ދޭ ހަމަލާތައް ވަރުގަދަވާނެ ކަމަށެވެ.

ގާސިމް ސުލައިމާނީ އަވަހާރަކޮށްލި މައްސަލާގައި އެމެރިކާ އާއި އިރާނާ ދެ ގައުމުގެ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.