ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 22:18
ހުވާގެ މަންޒަރެއްގައި އައްޒަ
ހުވާގެ މަންޒަރެއްގައި އައްޒަ
ފޭސްބުކް
ހުވާ
''ހުވާ''ގެ ދެވަނަ ސީޒަން މި މަހު 30 ގައި
 
ކުރިން ހަމަޖެހިފައި އޮތީ އިތުރު ''ސީޒަން'' އެއް ހަދާ ގޮތަކަށް ނޫން: ނަހުލާ
 
22 ހާހަށްވުރެ ގިނަ ވިއުސް ލިބިފައިވޭ

މަޝްހޫރު ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) ޑައިރެކްޓް ކުރަމުންދާ "ހުވާ" ސީޒަން ދޭއް މިމަހު 30 ގައި ދައްކާގޮތަަށް ހަމަޖެހިއްޖެއެވެ.

''ހުވާ''ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ހޯމަ ދުވަހު ބައިސްކޯފުގެ ފޭސްބުކްގައި އާއްމުކޮށްފައިވާ ޓްރެއިލަރ، މިހާތަނަސް 22 ހާހަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

އެ ސީރީޒްއާ ބެހޭގޮތުން ރާއްޖެ.އެމްވީއާ ވާހަކަދައްކަމުން ނަހޫ ބުނީ، ކުރިން ހަމަޖެހިފައި އޮތީ ދެވަނަ ސީޒަން އެއް ހަދާގޮތަކަށް ނޫން ކަމަށެވެ. އެކަމަކު ފުރަތަމަ ސީޒަނަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުމުން ކުރިޔަށް ގެންދަން ނިންމީ ކަމަށެވެ. ހުވާ ދޭއްގެ މަންޒަރުތައް ނަގާފައިވަނީ މާލޭގެ އިތުރުން ހުޅުމާލޭގައެވެ.

ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ގިނަ މައްސަލަތަކަކަށް އަލި އަޅުވައިލައިގެން ހަދާފައިވާ "ހުވާ"ގައި ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ތަރިންގެ އެކްޓިން ފެނިގެންދިޔައެވެ. އޭގެ ތެރޭގައި ޔޫއްޕެ، ޝީލާ، އިރުފާނާ، އާރިފާ، ރަވީ، ދޮން އައްޔަ، އައްޒަ، އާނަންދު އަދި ޖިމީ ފަދަ ތަރިންގެ އެކްޓިން ފެނުން އިރު ގިނަ ބަޔަކު ވަނީ އެ ތަރިންގެ އެކްޓިން އަށް ތައުރީފްކޮށްފައެވެ. މި ފަހަރުގެ ސީރީޒް ގައި މުއާގެ އިތުރުން އައްޒެ ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
38%
63%
0%
0%
0%
0%
ކޮމެންޓް