ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 22:02
އައު ސީ ޕްލޭން ޓާމިނަލް
އައު ސީ ޕްލޭން ޓާމިނަލް
އެމްއޭސީއެލް
ޓީއެމްއޭ
އޮޑިޓު ރިޕޯޓުގައި އާ ސީޕްލޭން ޓަރމިނަލްއިން ލިބޭނެކަމަށް ބުނާ އަދަދު 8 ގުނަ އިތުރު: ޓީއެމްއޭ
 
އެމެރިކާގެ ބޭން ކެޕިޓަލް ޕްރައިވެޓް އެކުއިޓީ ހިމެނޭ ގޮތަށް ޓީއެމްއޭގެ ހިއްސާ ވަނީ ގަނެފަ
 
ޗަމްޕާ އަފީފަކީ ހިއްސާދާރެއް ނޫން: ޓީއެމްއޭ

ލީކްކުރެވިފައިވާ އޮޑިޓަރ ޖެނަރަލްގެ ރިޕޯޓުގައި އާ ސީޕްލޭން ޓަރމިނަލްއިން ލިބޭނެކަމަށް ބުނާ އަދަދު 8 ގުނައިތުރު ކަމަށް ޓްރާންސް މޯލްޑިވިއަން އެއަރވޭޒް (ޓީއެމްއޭ) އިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ވަނީ 21 ޖެނުއަރީ 2020 ގައި ލީކްކުރެވިފައިވާ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓެއްގެ މައްޗައް ބިނާކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއްޕޯޓުގެ ސީޕްލޭން ޓާމިނަލްއާއި ގުޅޭގޮތުން މީޑިއާގައި ދެކެވެމުންދާ ބައެއް ނުރަނގަޅު މައުލޫމާތު ކުންފުނިން އޮޅުން ފިލުވައިދޭން ބޭނުންވާ ކަމަށެވެ.

މީޑިއާގައި ލީކްކުރެފިއިވާ އޮޑިޓަރ ޖެނަރަލްގެ ރިޕޯޓުގައި ވާގޮތުން އެ ސީޕްލޭން ޓާރމިނަލް އެމް.އޭ.ސީ.އެލް އިން ސީޕްލޭން މެނޭޖްކޮށްގެން އާމްދަނީގެގޮތުގައި އަހަރެއްގެ މައްޗައް 47.3 މިލިއަން އެމެރީކާ ޑޮލަރު ލިބޭނެކަމަށްވެއެވެ. ނަމަވެސް ޓީއެމްއޭއިން ބުނީ ލިބޭނެކަމަށް ލަފާކުރާ 47.3 މިލިއަން ޑޮލަރުގެ އަދަދަކީ އެއްގޮތަކަށްވެސް ޞައްޙަ ޢަދަދެއް ނޫން ކަމަށެވެ. ޓީއެމްއޭއިން ބުނީ މިއަދަދަކީ ޓީ.އެމް.އޭގެ ހިސާބުތަކުން ދައްކާގޮތުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ޢަދަދަކަށްވުރެ 3 ގުނަ އިތުރު އަދަދެކެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ޙަޤީޤީ މަޢުލޫމާތުގެ ބަދަލުގައި ބޭނުންކުރައްވާފައިވާ ލަފާކުރުންތަކަކީ ނުވަތަ 'އެސަމްޕްޝަންސް'ތަކަކީ އަސްލުކަންތައް ހިގާނެ ގޮތެއްނޫންކަމަށް ބުނެފައިވެއެވެ.

އާ ސީޕްލޭން ޓަރމިނަލް ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ހުރިހާ ފަރާތްތަކަށްވެސް ބޭނުންކުރާނެ ކަމަށް ޓީއެމްއޭއިން ބުނެއެވެ. ނަމަވެސް ޓީއެމްއޭއިން އެދިފައިވާނީ މިހާރުވެސް 80 ރިސޯޓަށް ޚިދުމަތް ދެމުންދާ ސީޕްލޭން އޮޕަރޭޝަން މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ޖާގަ ލިބިދިނުމަށް ކަމަށެވެ. އަދި މީޑިއާތަކުގައި ޓަރމިނަލްއިން ލިބޭނެކަމަށް ރިޕޯޓްކުރެވިފައި 47.3 މިލިޢަން އެމެރިކާ ޑޮލަރުގެ ސަބަބުން ޢާންމުންނާއި ބައެއް ސިޔާސީ ފަރާތްތަކުންދަނީ ޓީއެމްއޭ އާއި އެމްއޭސީއެލްއާއި ދެމެދު، އާ ޓަރމިނަލްއިން ޓީއެމްއޭގެ އޮޕަރޭޝަންސްއަށް ބޭނުންވާ ޖާގަ އޮޕަރޭޓް ކުރުމަށްވެވިފައި އެއްބަސްވުން އުވާލުމަށް ގޮވާލަމުންކަމަށް އެ ކުންފުނިން ބުނެއެވެ. މިގޮތަށް މިކަންވެއްޖެނަމަ ޓީއެމްއޭގެ އޮޕަރޭޝަންސްއަށް ބުރުއަރާ ރާއްޖޭގެ ޓުއަރިޒަމްގެ ސިނާއަތައް ނޭދެވޭ އަސަރުކުރުކުރުން އެކަށީގެންވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޓީއެމްއޭއިން ބުނީ އޮޑިޓް ރިޕޯޓްގައި ބަޔާންނުކުރެވި އޮތް އަނެއް މުހިއްމު މަޢުލޫމާތަކީ، އާ ޓަރމިނަލްއަށް ބަދަލުވާން ޖެހުމުގެ ސަބަބުން ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކުރުމަށްފަހު މިވަގުތު ޓީއެމްއޭ ބޭނުންކުރާ ޢިމާރާތްތަކާއި ލައުންޖުތައް ދޫކޮއްލަން މަޖުބޫރުވެފަވާކަން ކަމަށެވެ. އަދި އެ އިމާރާތްތަކަކީ 15 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ލީކްކުރެވިފައިވާ އޮޑިޓް ރިޕޯޓަކީ ބޮޑެތި އޮޅުންތަކެއް ހިމެނޭ ރިޕޯޓެއް ކަމަށާއި ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތަށް އެމްއޭސީއެލްއިން ޓަރމިނަލް އޮޕަރޭޓް ކޮށްގެން ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ބަޔާންކުރެވިފައިވާ އޮތް އޮތުމަކީ ކުށްހީއެއް ކަމަށް ޓީއެމްއޭގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ޓީއެމްއޭއިން ވަނީ ޗަމްޕާ ހުސެން އަފީފަކީ ޓީއެމްއޭގެ ޙިއްސާދުރެއްކަމުގައި ބައެއް މީޑިއާތަކުގައ ރިޕޯޓުކޮށްފައި އޮތް އޮތުން ދޮގުކޮށްފައެވެ. މިކަމާއި ގުޅިގެން އެކުންފުނިން ބުނީ ހުސެން އަފީފަކީ މިހާރު ޓީއެމްއޭގެ ހިއްސާދާރެއް ނޫން ކަމަށެވެ. ޓީއެމްއޭއިން ބުނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމެރިކާގެ ބޭން ކެޕިޓަލް ޕްރައިވެޓް އެކުއިޓީ ހިމެނޭގޮތަށް، އިންވެސްޓަރުންގެ ގްރޫޕަކުންވަނީ ޓީ.އެމް.އޭގެ މެޖޯރިޓީ ޙިއްސާ ގަނެފައި ކަމަށެވެ. މިއީ މިހާތަނަށް ރާއްޖޭގައި ކުރެވުނު އެންމެ ބޮޑު އެއް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ކުންފުނި 1993 ގައި އުފެދުނީއްސުރެ މިއަދާ ހަމައަށް ޔަޤީންކޮށްދީފައި ވަނީ އެކުންފުންޏަކީ އިތުބާރު ހިފޭ ޚިދުމަތެއް ދެމުން އަންނަ ކުންފުންޏެއްކަމަށް ބަޔާނުގައިވެއެވެ. އަދި ޓީއެމްއޭ އިން ހުއްޓުމެއްނެތި ރިސޯޓުތަކަށް ދެމުން އަންނަ ޚިދުމަތާއެއްކޮށް ފަތުރުވެރިކަން ކުރިއަރައިގެން ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެކުންފުނިން ދެމުންދާ ނަމޫނާ ޚިދުމަތް މެދުނުކެނޑި ދިނުމައްޓަކައި ޓީއެމްއޭއާއި އެމްއޭސީއެލްއާއި ދެމެދު ވެވިފައިވާ އެއްބަސްވުން ދެމެހެއްޓުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
25%
50%
25%
ކޮމެންޓް
22 ޖެނުއަރީ 2020 | ބުދަ 11:55
އަހުމަދު
އަޅުގަނޑު ވެސް 15 މިލިއަންޑޮލަރު ޚަރަދު ކޮއްފާނަށް 47 މިލިއަން ޑޮލަރު ލިބެއްޔާ ކީއްވެ އުފަލުން ތި ޚަރަދު ނުކުރަންވީ، އެކަމަކު އެމެރިކާ ކުންފުނިން މެޖޯރިޓީ ޙިއްސާ އޮންނައިރު ބާކީ ހުރި ޙިއްސާ ތަކުގެ ވެރީން ބުނެނުދިނީ ކީއްވެތޯ ؟ ޓާމިނަލް މަސައްކަތްކުރިޔަސް ތި ދަތުރުތަކަކަށް ބުރުލެއްނާރެއެވެ. އެހެން ނަމަވެސް މަސައްކަތްކުރާއިރު ކުދިކުދި ދަތިކަންތަށް އަންނާނެތާ ؟ އެއީ މަސައްކަތްކުރާތީ ފޭކް ވާހަކަ ނުދައްކާށެވެ.
21 ޖެނުއަރީ 2020 | އަންގާރަ 22:42
ޓ މ އ
ރިޒާ މެން އަމީން އެވެނިއު ފުލެޓް ގަތީ މަތިން ވެހުނު ލާރިން ދޯ ކިހާ ތެދުވެރި
21 ޖެނުއަރީ 2020 | އަންގާރަ 22:37
ޞަޖެ
ހާމިދު ރިޒާ މެން ނެގި ކަޓު ކޮބާ