ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 18:53
ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ސިފައިން ބައްދަލުކުރި މެޗުގެ ތެރެއިން
ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ސިފައިން ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދެވަނަ ޑިވިޝަން
ސިފައިން ބަލިކޮށް ސުޕަ ޔުނައިޓެޑުން ހިންދެމިލައިފި
 
މި މެޗު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ސްޕަ ޔުނައިޓެޑް ސްޕޯޓްސް އިން ދިވެހި ސިފައިންގެ ކްލަބް ފަސޭހަ ކަމާއިއެކު ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ސުޕް ޔުނައިޓެޑުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގެ ކުރީކޮޅު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ސިފައިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ހާފިޒް އެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ސުޕް ޔުނައިޓެޑުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝިފާއު އެވެ. މި ލަނޑަށް ފަހު ވެސް މި ހާފުގައި ދެޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ސިފައިން ވަނީ ތަނަވަސް ކޮށްފައެވެ. ނަމަވެސް އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އޭގެ ފައިދާ ނަގައި ސުޕަ ޔުނައިޓެޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 76 ވަނަ މިނެޓުގައި އާދަމް ނިޒާމްއެވެ. މި ލަނޑަށް ފަހު ސިފައިން ވަނީ ކުރިޔަށް ޖެހި ސުޕަ ޔުނައިޓެޑްގެ ގޯލަށް ހަމަލާތައް އުފައްދައިފައެވެ. ނަމަވެސް މެޗުގެ 85 ވަނަ މިނެޓުގައި ކައުންޓަރ

އެޓޭކްއަށް އަރައި ސުޕަ ޔުނައިޓެޑުން ވަނީ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނިޒާމް އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް