ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 20:15
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް
ތިނަދޫ ކައުންސިލް
ގދ. ތިނަދޫ ކައުންސިލް
ގދ. ތިނަދޫ ކައުންސިލުން ދިޔައީ އެއްބަސްވުންތަކާއި ޚިލާފަށް ޖޫރިމަނާ ހިސާބު ކުރަމުން: އޮޑިޓް ރިޕޯޓު
 
އޮޑިޓް ރިޕޯޓުގައި ލަފާދީފައިވަނީ ލިބެންޖެހޭ ފައިސާގެ ޖޫރިމަނާ ހިސާބުު ކުރުމުގައި އެއްބަސްވުމުގައިވާގޮތަށް ޖޫރިމަނާ ހިސާބުކުރުމަށް
 
ކުލީބިންތަކުގެ ޖޫރިމަނާ އެގްރީމެންޓާއި އެއްގޮތަށް އެ އިދާރާއަކުން ހިސާބުކޮށްފައެއް ނުވޭ

ކުލީ ބިންތަކުގެ ޖޫރިމަނާ އެގްރީމެންޓާއި އެއްގޮތަށް ގދ. ތިނަދޫ ކައުންސިލުން ހިސާބުކޮށްފަނުވާ ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ 2018 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް އޮޑިޓަރ ޖެނެރަލް އާންމުކުރައްވާ ރިޕޯޓުން ހާމަވެފައިވާގޮތުގައި ކުލީބިންތަކުގެ ޖޫރިމަނާ އެގްރީމެންޓާއި އެއްގޮތަށް އެ އިދާރާއިން ހިސާބުކޮށްފައެއް ނުވެއެވެ. އަދި ކައުންސިލްގެ އިދާރާއިން ތައްޔާރުކޮށްފައިވާ ބިންތަކުގެ އެއްބަސްވުންތަކުގައި ބިމު ކުލި ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކައިފިނަމަ ނުދައްކާ ދުވަސްތަކަށް އެބިމުގެ ކުއްޔަށް ދުވާލަކަށްޖެހޭ އަދަދުގެ އިންސައްތައެއް ޖުރިމަނާގެ ގޮތުގައި ދައްކަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުގައިވެއެވެ. ނަމަވެސް، އެއްބަސްވުންތަކުގެ މިމާއްދާ އާއި ޚިލާފަށް ކައުންސިލުން ޖޫރިމަނާ ހިސާބު ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށްވެސް ރިޕޯޓުން ވަނީ ހާމަވެފައެވެ.

އެގޮތުން، އޮޑިޓްގައި ބެލި ހަތަރު ބިމަކުން -/ 94,236 (ނުވަ ދިހަ ހަތަރު ހާސް ދުއިސައްތަ ތިރީސް ހައެއް) ރުފިޔާ މަދުން ނަގާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިކަން އިސްލާހު ކުރުމަށް އެ އޮފީހުން ލަފާދީފައިވަނީ ލިބެންޖެހޭ ފައިސާގެ ޖޫރިމަނާ ހިސާބުުކުރުމުގައި އެއްބަސްވުމުގައިވާގޮތަށް ޖޫރިމަނާ ހިސާބުކުރުމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
9%
0%
4%
0%
0%
87%
ކޮމެންޓް