ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 18:26
ވޯކްޝޮޕްގެ ތެރެއިން
ވޯކްޝޮޕްގެ ތެރެއިން
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓްރީ
އިމޭޖް ގައިޑެޑް ތެރަޕީގެ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި
 
ފަންނީ މީހުން ބިނާކުރުމަށަށް އިންޑިއާއިން އެހީވެދޭ
 
މިވޯކްޝޮޕް ކުރިއަށްގެންގޮސްދެއްވީ އެއިމްސް ހޮސްޕިޓަލްގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ވަފުދަކުން
 
މިއީ އެއްދުވަހަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެއް

އިންޑިއާގެ ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އެއިމްސް)ގެ ފަރާތުން ދިވެހި ޑޮކްޓަރުންނަށް އިމޭޖް ގައިޑެޑް ތެރަޕީގެ ވޯކްޝޮޕްއެއް ކުރިއަށް ގެންގޮސްފައެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މިވޯކްޝޮޕަކީ ކޮންޓިނިއަލް މެޑިކަލް އެޑިއުކޭޝަން ގެ ދަށުން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް ކުރިއަށްގެންގޮސްދެއްވީ އެއިމްސް ހޮސްޕިޓަލްގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ވަފުދަކުންނެވެ. މިވަފްދާއި ހަވާލުވެވަޑައިގެން އިސްކޮށް ހުންނެވީ އެހޮސްޕިޓަލްގެ ޑިރެކްޓަރ ޑރ. ރަންދީޕް ގުލޭރިއާއެވެ.

އެއިމްސްގެ ޑޮކްޓަރުންގެ ވަފުދުގެ މިދަތުރަކީ 2019 ވަނަ އަހަރުގެ ޖޫން މަހުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެސަރުކާރުގެ ދެމެދު ސޮއި ކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ ފީލްޑް އޮފް ހެލްތުގެ ދަށުން ކުރެވުނު ދަތުރެކެވެ.

މިއެމްއޯޔޫގެ ދަށުން ބޭއްވުނު ފުރަތަމަ ވޯރކިން ގްރޫޕުގެ ބައްދަލުވުން ބޭއްވުނީ 5 ޖެނުއަރީ 2020 ވަނަދުވަހުގައެވެ.

ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަކީ ދިވެހި ސަރުކާރުން އެންމެބޮޑު އިސްކަމެއްދޭކަމެވެ. މީގެއިތުރުންވެސް ފަންނީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ސިއްހީ ދާއިރާއަކީ ޒަމާނުއްސުރެ ދެގައުމުގެ މެދުގައި ބަދަހި ގުޅުމެއް އޮންނަ ދާއިރާއެކެވެ. އެގޮތުން މިދާއިރާގައި ފަންނީ މީހުން ބިނާކުރުމަށާއި، ތަމްރީނު ކުރުމަށް އަބަދުވެސް އިންޑިއާއިން ދަނީ އިސްކަންދެމުންނެވެ. އެއިމްސްގެ ޑޮކްޓަރުންގެ މިދަތުރުގެ ތެރޭގައި ދެގައުމުގެ ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރަށް ބަދަހި ކުރެވޭނެ އެތައް ގޮތްތަކެއްވަނީ ފާހަގަކުރެވިފައެވެ.

އޭގެތެރޭގައި ސިއްހީދާއިރާގެ އިތުރު ވޯކްޝޮޕްތައް ހިންގުމާއި، ޓެލެމެޑިސިން ފެސިލިޓީގެ ބޭނުންހިފުމާއި، ޓެކްނީޝަނުންތަމްރީންކުރުމުގެ އިތުރުން އެއިމްސް އާއި ދިވެހި ސިއްހީ ދާއިރާގެ ބޭފުޅުން ގުޅިގެން ރިސާޗް ޕްރޮޖެކްޓް ހިންގުން ފަދަ ކަންކަކް ހިމެނެއެވެ. ދިވެހި ސަރުކާރާއި ގުޅިގެން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމުގެ ބައިވެރިއެއް ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް