ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 18:24
ވަކީލުން ހުވާކުރުމުގެ ރަސްމިއްޔަތުގެ ތެރެއިން
ވަކީލުން ހުވާކުރުމުގެ ރަސްމިއްޔަތުގެ ތެރެއިން
އޭޖީ އޮފީސް
2018 އަހަރަށްވުރެ މިދިޔަ އަހަރު ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ އަދަދު ބޮޑުތަނުން އިތުރު
 
2019 ވަނަ އަހަރު 50 ފަރާތަކަށް ގާނޫނީ ވަކީލުން އައްޔަނުކޮށްފައިވޭ
 
2019 ގައި ޤާނޫނީ ވަކީލަކަށްއެދި ހުށަހެޅިފައިވާ އެޕްލިކޭޝަންފޯމުގެ އަދަދު 84.2 އިންސައްތައިން އިތުރުވެފައިވޭ
 
2018 ވަނަ އަހަރާއި އަޅާބަލާއިރު 2019 ވަނަ އަހަރު 117.39 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވޭ

2018 އަހަރަށްވުރެ 2019 ވަނަ އަހަރު ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު 2018 ވަނަ އަހަރާ އަޅާ ބަލާއިރު 2019 ވަނަ އަހަރު ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ އަދަދަށް 117.39 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ.

2018 ވަނަ އަހަރު 21 ފޯމަށް ހުށަހަޅަންޖެހޭ މަޢުލޫމާތުތައް ހުށަހަޅާފައިނުވާތީ، ގޮތެއް ނުނިންމިފައި އޮތް ނަމަވެސް 2019 ވަނަ އަހަރު 50 ފަރާތަކަށް ގާނޫނީ ވަކީލުން އައްޔަނުކޮށްފައިވެއެވެ. 2018 ވަނަ އަހަރު ގާނޫނީ ވަކީލުން އައްޔަނުކޮށްފައިވަނީ 23 ފަރާތަކަށެވެ. 13 ފަރާތުން ދައުލަތުން ވަކީލަކު ޢައްޔަންކޮށް ދިނުމުގައިބަލާ މިންގަނޑުން ފާސްވެފައިނުވާތީ، ވަކީލަކުޢައްޔަންކޮށްދެވެން ނެތްކަމަށް 2019 ވަނަ އަހަރު ނިންމާފައިވެއެވެ.

2018 ވަނަ އަހަރު އެ އޮފީހުން އެގޮތަށް ނިންމާފައިވަނީ 08 ފަރާތަކާއި މެދުއެވެ. 2019 ވަނަ އަހަރު 03 ފަރާތަކުން ދައުލަތުން ވަކީލަކު ހަމަޖެއްސުމަށް އިތުރަށް ބޭނުންނުވާކަމަށް އެ އޮފީހަށް އަންގާފައިވާއިރު 2018 ވަނަ އަހަރު 05 ފަރާތަކުން ދައުލަތުން ވަކީލަކު ހަމަޖެއްސުމަށް އިތުރަށް ބޭނުންނުވާކަމަށް އަންގާފައިވެއެވެ.

އޭޖީ އޮފީހުން ބުނީ 2018 ވަނަ އަހަރާ އަޅާބަލާއިރު 2019 ގައި ޤާނޫނީ ވަކީލަކަށްއެދި ހުށަހެޅިފައިވާ އެޕްލިކޭޝަންފޯމުގެ އަދަދު 84.21 އިންސައްތައިން އިތުރުވެފައިވާކަމަށެވެ. އެގޮތުން ދައުލަތުން ޤާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދި އެ އޮފީހަށް 2019 ވަނަ އަހަރު 105 އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާއިރު 2018 ވަނަ އަހަރު 57 ފޯމު ހުށަހަޅާފައިވެއެވެ.

އޭޖީ އޮފީހުން ބުނީ 2018 ވަނަ އަހަރު ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި 13 ބިދޭސީފަރާތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށާއި 2019 ވަނަ އަހަރު 32 ބިދޭސީ ފަރާތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

2019

2018

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް