ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 17:24
އެމްޓީސީސީގެ އެމްޑީ ޝާހު އެމްޑަބްލިއުއެސްސީގެ އެމްޑީ އާޒިމް އެދެބޭފުޅުންގެ މަގާމު ވަނީ ބަދަލުކޮށްފައި
އެމްޓީސީސީގެ އެމްޑީ ޝާހު އެމްޑަބްލިއުއެސްސީގެ އެމްޑީ އާޒިމް އެދެބޭފުޅުންގެ މަގާމު ވަނީ ބަދަލުކޮށްފައި
ރާއްޖެ އެމްވީ
މަގާމު ބަދަލުކުރުން
އާޒިމް އެމްޓީސީސީއަށް، ޝާހު އެމްޑަބްލިއުއެސްސީއަށް ބަދަލުކުރައްވައިފި
 
މަގާމު ބަދަލުކުރެއްވި ސަބަބު ހާމައެއް ނުކުރަައްވާ
 
މިދެބޭފުޅުންނަކީ ޖޭޕީގެ ދެމެމްބަރުން

މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބަދަލު ކުރައްވައި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބަދަލުކުރައްވައިފިއެވެ.

ރާއްޖެއެމްވީއަށް މިދެބޭފުޅުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މަގާމު ބަދަލުކުރެއްވި ވަކި ސަބަބެއް ހާމައެއްނުކުރައްވައެވެ.

އާދަމް އާޒިމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ދެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އާޒިމަކީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް އާޒިމް ވަނީ އެ މަޤާމު ފުރުއްވާފަ އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބަދަލުކުރެއްވި ޝާހުއަކީ ރައީސް ވަހީދުގެ ސަރުކާރުގައި އެމްޕީއެލްގެ ޗެއާމަންކަން އަދި ރައީސް ޔާމީންގެ ސަރުކާރުގައި އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

މިދެބޭފުޅުންނަކީ ވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ މެންބަރުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް