ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 16:41
ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޙަސަންދީދީ
ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޙަސަންދީދީ
ސަން އޮންލައިން
މެޖިސްޓްރޭޓް ހަސަން ދީދީ
މެޖިސްޓްރޭޓް ހަސަން ދީދީގެ ޖިންސީ މައްސަލަ: 9 ފަރާތަކާއި ސުވާލުކޮށް، ބަޔާން ނަގައިފި
 
ހުތުރު އެއްޗެތި ގޮވިކަމަށް ބުނާ މައްސަލައެއްވެސް ހުށައެޅިފައިވޭ
 
އޭނާ ހުރީ މަގާމުން ސަސްޕެންޑްކޮށްފައި
 
ހަސަންދީދީއާ ދެކޮޅަށް ސީރިއަސް މައްސަލަތަކެއް ހިމެނޭ

ޖިންސީ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ ގއ. ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްސަލައިގައި މިހާތަނަށް 9 ފަރާތަކާއި ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އަންގާރަ ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަންދީދީ، ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖޭއެސްސީން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިގެ ތަޙްޤީޤުގައި މިހާތަނަށް 09 ފަރާތަކާއި ސުވާލުކޮށް ބަޔާން ނެގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެއިތުރުން، މި މައްސަލައިގެ ތަޙްޤީޤުގައި ފާހަގަކުރެވިފައިވާ އިތުރު ކަންކަމާއި ގުޅިގެން އިތުރު ފަރާތްތަކައި ސުވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، ތަޙްޤީޤަށް އިތުރު ހެއްކާއި ޤަރީނާ ހޯދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަސަންދީދީއާއި ގުޅޭ މައްސަލަތަކެއް ފުލުހުން ތަހުޤީޤު ކުރަމުންދާއިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހަސަން ދީދީއާ ގުޅޭ ހަތް މައްސަލައެއް ޖޭއެސްސީއަށް ވަނީ ހުށައެޅިފައެވެ. އެ ކޮމިޝަނުންވެސް ދަނީ އެ ހުރިހާ މައްސަލަތަކެއް ބަލަމުންނެވެ.

މެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅިގެން ހުށައެޅިފައިވާ 7 މައްސަލަ:

  1. މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމުގެ ޝަކުވާއާއި، މާލިއްޔަތު ޤަވާއިދާއި ހިލާފަށް އަމަލުކުރުމަށް މުވައްޒަފުންނަށް
  2. މަޖުބޫރުކުރާ މައްސަލަ
  3. އިސްމެޖިސްޓްރޭޓް ޙަސަން ދީދީގެ މައްޗަށް ތުހުމަތުކޮށް އޭނާ އަވަގުރާނަ ގޮވިކަމަށްބުނެ ހުށަހެޅުނު މައްސަލަ
  4. އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށްބުނެ ހުށަހެޅުނު މައްސަލަ
  5. ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  6. ހެކިންގެ ބަޔާން ނެގުމަށް ހުރަސްއަޅާ ކަމަށްބުނެ ހުށަހެޅުނު މައްސަލަ
  7. މާރާމާރީ ހިންގުމަށް ހިތްވަރު ދިންކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  8. ހުތުރު އެއްޗެތި ގޮވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ

އެކަމާ ގުޅޭގޮތުން ޖޭއެސްސީން ބުނީ، ހަސަން ދީދީ މަސައްކަތަށް ނުކުމެ އުޅުމަކީ ކޮމިޝަނުގެ ކޮމިޓީން ކުރަމުންދާ ތަހުގީގަށް ހުރަސްތަކެއް އެޅިދާނެފަދަ ފުރުޞަތު އޮތްކަމެއް ކަމަށް ބެލެވޭތީ، މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ޙަސަން ދީދީ ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައިވާނެ ކަމަށެވެ.

ޖޭއެސްސީ އަށް ހުށައެޅިފައިވާ ޝަކުވާތަކާއި ގުޅިގެން ހަސަން ދީދީ ސަސްޕެންޑުކުރަން ނިންމާފައިވަނީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް