ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 16:21
ސޫދާންގެ ސަލާމަތީ ބާރުގެ އޮފިސަރުން
ސޫދާންގެ ސަލާމަތީ ބާރުގެ އޮފިސަރުން
އަލްޖަޒީރާ
ސޫދާން ޙަމަލާ
ސޫދާނުގައި ގްރެނޭޑެއް ގޮއްވާލާ ދިން ޙަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ
 
މި ޙަމަލާގައި 25 މީހުން ޒަޚަމްވި
 
ގްރެނޭޑެއް ގޮއްވާލައިގެން ދިން މިޙަމަލާގައި ތިން ކުޑަކުދިން މަރުވި

ސޫދާންގެ ވެރިރަށް ޚަރްތޫމް ސިޓީގައި ގްރޭނޭޑެއް ގޮއްވާލައިގެން ދިން ޙަަމަލާއެއްގައި ހަތް މީހުން މަރުވެއްޖެއެވެ.

އެޤައުމުގެ ސަލާމަތީ ބާރުތަކާއި ޙަވާލާދީ ބޭރުގެ މީޑީއާތަކުން ޚަބަރު ފަތުރަމުންދާ ގޮތުންނަމަ، ކައިވެނި ޙަފުލާއެއްގެ ތެރޭގައި ގްރެނޭޑެއް ގޮއްވާލައިގެން ދިން މިޙަމަލާގައި ހަތް މީހުން މަރުވެފައިވާއިރު، މީގެތެރޭގައި ތިން ކުޑަކުދިންވެސް ހިމެނެއެވެ.

މި ޙަމަލާގައި އިތުރު ފަންސަވީސް މީހުން ޒަޚަމްވެފައިވާކަމަށާއި، މީގެތެރޭގައި ތުއްތު ކުދިން ހިމެނޭކަމަށް އަލް-އަރަބިއްޔާ ނިއުސް އޭޖެންސީން ރިޕޯޓުކުރެއެވެ. ޒަޚަމްވި މީހުންނަށް ކައިރި ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާއިރު، މީގެތެރެއިން ބައެއް މީހުން ވަރަށް ނާޒުކު ޙާލަތެއްގައި ތިބި ކަމަށްވެސް އެ އޭޖެންސީން ރިޕޯޓުކުރެއެވެ.

ޙަމަލާ ދީފައިވަނީ މިމަހުގެ ކުރީކޮޅު ސަލާމަތީ ބާރުތަކުން ހިތްހަމަ ނެޖެހުން ފާޅުކޮށް އެއްވުންތަކެއް ބޭއްވި ތަނަކަށެވެ. އެހެންނަމަވެސް، މިއީ ސީދާ ކޮންބަޔަކަށް ޢަމާޒުކޮށްދިން ޙަމަލާއެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. އަދި މިޙަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއްވެސް ނުވެއެވެ.

ސޫދާންގެ ފުލުހުންނާއި ޙަވަލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ފުލުހުން މިހާރުވަނީ ޙަމަލާދިންތަން ސާފުކޮށް، އެތާނގައި އިތުރު އެއްވެސް ގޮވާ ޒާތުގެ އެއްޗެއް އޮތްތޯ ބަލާ ފާސްކުރަމުންނެވެ. އަދި ޙަމަލާ ދިން ތަނާއި، އެތާނގެ ވަަށައިގެންވާ ޞަރަޙައްދު ބަންދުކޮށް ފުލުހުން، ޙަމަލާ ތަޙުޤީޤުކުރަން ބޭނުންވާ ހެކިތައް ހޯދަމުންދާކަމަށްވެސް ޚަަބަރުތައް ބުނެއެވެ.

މިދިޔަ ހަފުތާގެތެރޭގައި، ސަލާމަތީ ބާރުތަކުގެ އޮފިސަރުންވަނީ، އެތާނގެ ވަކި ޑިޕާރޓްމެންޓުތަކުގެ އޮނިގަނޑަށް ގެނައި ބަދަލާއި ގުޅިގެން ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ. މަދަނީ ފުލުހުންނާއި އަސްކަރީ ބާރުގެ މެދުގައި ހިނގި މި ހަމަނުޖެހުންތަކުގައި ފުލުހުންގެ އޮފިސަރަކު މަރުވެ، ހަތް އޮފިސަރުންނަށް އެކިވަރުގެ ޒަޚަމްތައް ލިބުނެވެ. އަދި އެ ހަމަނުޖެހުންތަކާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ޚަރްތޫމް އިންޓަރނޭޝަނަލް އެއަރޕޯޓުވެސް ވަގުތީ ގޮތުން ބަންދުކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް