ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 16:07
ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް
ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް
ރާއްޖެ އޮންލައިން
ކުޅިވަރު ފައިލް
ސިންތެޓިކް ޓްރެކެއް ފުވައްމުލަކުގައި އަޅަނީ!
 
ސިންތެޓިކް ޓްރެކް އެޅުމަށް ބޭނުންވާ ބީއޯކިއު ހަދައި ނިމިއްޖެ

ކުރިން އައްޑޫ ސިޓީގައި އެޅުމަށް ނިންމި ސިންތެޓިކް ޓްރެކް ފުވައްމުލަކުގައި އަޅަން ނިންމައިފައިވާކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ކުރިން އައްޑޫ ސިޓީގެ ހިތަދޫގައި އެޅުމަށް ނިންމި ނަމަވެސް އަދިވެސް ހިތަދޫގައި ސިންތެޓިކް ޓްރެކް އެޅުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އަޅުގަނޑުމެން ކުރިން އިއުލާން ކުރީ އެންމެ ފުރަތަމަ ސިންތެޓިކް ޓްރެކް އެޅިގެންދާނީ ހިތަދޫގައިކަމަށް ނަމަވެސް އަޅުގަނޑަށް ހީވަނީ މިހާރު ހިތަދޫގެ ބަދަލުގައި ފުވައްމުލަކުގައި މި ޓްރެކް އެޅިގެންދާނެ ކަމަށް. ނަމަވަސް އަދި ވެސް ހިތަދޫއާއި ދިމާލަށް މި މަސައްކަތް ގެންދެވޭތޯ ބަލާނަން.
މިނިސްޓަރ އަހުމަދު މަހުލޫފް

ޔޫތް މިނިސްޓްރީއިން ސިންތެޓިކް ޓްރެކް އެޅުމަށް ބޭނުންވާ ބީއޯކިއު ހެދުމުގެ މަސައްކަތް ވަނީ ނިމިދިޔަ ނޮވެމްބަރު މަހު ފަސް ވަނަ ދުވަހު ހެކްޒާ ކޮމްޕެނީއާއި ހަވާލުކޮށްފައެވެ. މިނިސްޓްރީއިން ބުނީ މި ސިންތެޓިކް ޓްރެކް އެޅުމަށް ބޭނުންވާ ބީއޯކިއު ހަދައި ނިމިފައިވާ ކަމަށާއި މިހާރު ކުރެވެމުންދާ މަސައްކަތަކީ މި ޓްރެކްތަކުގެ މަސައްކަތް ބަޔަކާއި ހަވާލުކުރުން ކަމަށެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ ރާއްޖެތެރޭގައި ރަނގަޅު ފެންވަރުގެ ސިންތެޓިކް ޓްރެކްތައް އެޅުމުން ކުޅިވަރު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޮޑެތި ކުރި އެރުންތަކެއް ލިބޭނެ ކަމަށެވެ.

ފުރަތަމަ ސިންތެޓިކް ޓްރެކް އެޅުމަށް ހަމަޖެހިފައިވާ ރަށް ތަކުގެ ގޮތުގައި މިނިސްޓްރީއިން އިއުލާން ކޮށްފައިވާ ރަށްތަކަކީ ސ. ހިތަދޫ، ފުވައްމުލަކު ސިޓީ، ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުށި އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
60%
0%
30%
0%
10%
ކޮމެންޓް