ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 14:56
ދ މީދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކުރުން
ދ މީދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކުރުން
މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދ މީދޫ ބަނދަރު ހެދުން
ދ މީދޫ ބަނދަރު ހެދުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި
 
މަސައްކަތުގެ އަގަކީ 36،823،998.26ރ
 
މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ
 
މަސައްކަތް ނިންމުމަށް 408 ދުވަހުގެ މުއްދަތެއް ދީފައިވޭ

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ދ. މީދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ބަޔަކާ ޙަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗރ ގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ޙަލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

މި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް 408 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މަސައްކަތުގެ އަގަކީ 36،823،998.26 (ތިރީސް ހަ މިލިއަން އައްލައްކަ ތޭވީސްހާސް ނުވަސަތޭކަ ނުވަދިހަ އަށް ރުފިޔާ ސައްބިސް ލާރި) އެވެ.

މި މަޝްރޫޢުގެ ދަށުން ކުރަން ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި މީދޫ ބަނދަރު ބޭރު ތޮށި ހެދުމާއި، 294 މީޓަރުގެ އެއްގަމު ތޮއްޓެއް ހެދުމުގެ އިތުރުން، ބަނދަރު ފުން ކުރުމާއި، ނެރު ބައްތި ޖެހުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

ދ. މީދޫގެ އާބާދީއަކީ ގާތްގަނޑަކަށް 1410 އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް