ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 13:48
ކުރީގެ ނައިބްރައީސް އަހުމަދު އަދީބު އަބްދުލްޤަފޫރު
ކުރީގެ ނައިބްރައީސް އަހުމަދު އަދީބު އަބްދުލްޤަފޫރު
ޝުއައިބް މުހައްމަދު އިގްބާލް
އަހުމަދު އަދީބު
ޚިޔާނަތްތެރިވުމުގައި ބައިވެރިވެގެން އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުން އަނެއްކާވެސް ކެންސަލް!
 
އަޑުއެހުން ކެންސަލް ކޮށްފައިވަނީ ވަކީލުގެ އެދިލެއްވުމަކަށް
 
އަދީބް ވަނީ ކުށަށް އިއުތިރާފްވެ ވަޑައިގެންފައި
 
ދައުލަތުން ވަނީ ހިޔާނާތުގެ އިތުރު ދައުވާތަކެއް އަދީބުގެ މައްޗަށް އުފުލާފައި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލް ޤަފޫރުގެ މައްޗަށް ކޮށްފައިވާ ޚިޔާނަތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށައެޅިފައިވާ މި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު މެންދުރު 02:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވީނަމަވެސް ކްރިމިނަލް ކޯޓުން ބުނީ، ދިފާޢީ ވަކީލުގެ އެދިލެއްވުމަކަށް އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި އެންމެ ފަހުން ތާވަލުކުރި އަޑުއެހުންވެސް ދިފާޢީ ވަކީލުގެ އެދިލެއްވުމަކަށް ކެންސަލް ކޮށްފައިވާއިރު، މި މައްސަލައިގެ އަޑުއެހުން ދެން އޮންނާނެ ތާރީޚެއް ކްރިމިނަލް ކޯޓުން އަންގާފައެއް ނުވެއެވެ.

އަދީބުގެ މައްޗަށް ޚިޔާނާތުގެ އިތުރު ދަޢުވާތަކެއް އުފުލާފައިވާއިރު، ޓަގު ބޯޓެއްގެ ފަޅުވެރިއަކަށްވެގެން ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި މައްސަލާގައި އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކުރި ޙުކުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. އެގޮތުން ދައުލަތުންކުރި ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދަޢުވާ ސާބިތުވެ ތިން މަހާއި 18 ދުވަހު ޖަލަށްލާން ޙުކުމްކުރި ފަހުންވެސް ދައުލަތުން ވަނީ ޚިޔާނާތުގެ އިތުރު ދަޢުވާތަކެއް ވެސް އަދީބުގެ މައްޗަށް އުފުލައިފައެވެ.

ޅ. މާބިންހުރާ ކުއްޔަށްދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ އަދީބުގެ މައްޗަށް ސާބިތުނުވާކަމަށް ހުކުމްކުރުމާއި ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް އެ މައްސަލާގައި އަދީބު މުޖުތަމަޢަށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކާ ވެދާނެތީ އާއި ފިއްލަވާފާނެތީ އަދި އެކަން ކަށަވަރުވެފައިވާތީ ޝަރީއަތް ނިމެންދެން އަދީބު ހައްޔަރުކޮށްފައި ބެހެއްޓުމަށް ދައުލަތުން އެދުމުން ސުޕްރީމް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރިފައިވެއެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން ބަލި ހާލަތަށް ބެލުމަށްފަހު ޖަލު ބަންދުގައި ހުންނެވުމަށްފަހު އަދީބު ގެއަށް ބަދަލު ކޮށްފައިވަނިކޮށް ވަރގޯ 9 ކިޔާ ޓަގް ބޯޓެއްގައި އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް