ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 13:28
ގއ. ވިލިނގިލި ކައުންސިލް މެންބަރުންނާއި ބައެއް މުވައްޒަފުން
ގއ. ވިލިނގިލި ކައުންސިލް މެންބަރުންނާއި ބައެއް މުވައްޒަފުން
ގއ. އަތޮޅު ކައުންސިލް
ގއ. ވިލިނގިލި ކައުންސިލް
ގއ. ވިލިނގިލީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެކައުންޓުން ފައިސާ މަދު: އޮޑިޓް
 
މިކަމުގައި ޒިންމާވާ ފަރާތަކާމެދު ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 48 ވަނަ މައްދާގައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅުމަށް ވަނީ އަންގާފައި
 
ތިރީސް އަށް ހާސް ހަ ސަތޭކަ ނުވަދިހަ ހަ ރުފިޔާ ހަރަދު ނުވާކަމަށް އަދި އެ ފައިސާގެ ތަފްސީލެއް އެނގިފައެއް ނުވޭ
 
މިއީ ޚިޔާނާތަށް މަގުފަހިވާގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް ބެލެވޭތީ، މިމައްސަލަ ކަމާއި ބެހޭ ފަރާތުން ތަހުޤީޤު ކުރުމަށް ވަނީ ބުނެފައި

ގއ. ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭންކު އެކައުންޓުން ނަގާފައިވާ ބައެއް ފައިސާތައް މަދު ކަމަށް "ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލް އިދާރާގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް" އިން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ގއ. ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން 27 ސެޕްޓެންބަރ 2016 އިން ފެށިގެން 14 މޭއި 2019 ވަނަ ދުވަހުގެ ނިޔަލަށް އެކައުންޓުން 1،174،134 (އެއް މިލިއަން އެއް ލައްކަ ހަތްދިހަ ހަތަރު ހާސް އެއް ސަތޭކަ ތިރީސް ހަތަރެއް) ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވާކަން ބޭންކް ސްޓޭޓްމަންޓް ތަކުން ފާހަގަކުރެވުނެ ކަމަށެވެ.

އެގޮތުން އޮޑިޓަރުން 27 ސެޕްޓެމްބަރ 2016 އިން ފެށިގެން 14 މޭއި 2019 ގެ ނިޔަލަށް ކޮށްފައިވާ ޖުމުލަ ޚަރަދުތައް ބެލިއިރު ފެންނަން ހުރީ 1،135،438 (އެއް މިލިއަން އެއް ލައްކަ ތިރީސް ފަސް ހާސް ހަތަރު ސަތޭކަ ތިރީސް އަށެއް) ރުފިޔާގެ ޚަރަދުތަކެވެ. އެހެންކަމުން ބާކީވާ 38,696 (ތިރީސް އަށް ހާސް ހަ ސަތޭކަ ނުވަދިހަ ހައެއް) ރުފިޔާ ޚަރަދުވެފައިވާކަން ކަށަވަރު ނުކުރެވޭކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި 2 ވަނަ ދައުރުގެ މެންބަރުން އަތުގައި އެއްވެސް ފައިސާއެއް ހުރިކަމަށް ލިޔެކިޔުން ބަލަހައްޓާފައި ނުވުމުން ކަށަވަރު ނުކުރެވުނު ކަމަށް ވެސް މި ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން 2 ވަނަ ދައުރުގެ ކޮމިޓީން އެއްވެސް ފައިސާއެއް އަލަށް ހޮވުނު ކޮމިޓީއާއި ހަވާލުކޮށްފައި ނުވާކަމަށް އަލަށް ހޮވުނު ކޮމިޓީން މަޢުލޫމާތު ދީފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި ކަންކަން އިޞްލާޙު ކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާދީފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 1.01 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ މާލީ އުޞޫލުތަކާއި އެކަންކަމާގުޅޭ އެހެނިހެން އުޞޫލުތައް ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ހިންގުމަށް ބަޔާންކޮށްފައިވާތީ، އެފަދައިން ޢަމަލުކުރުމަށެވެ.

އަދި ދައުލަތުގެ ފައިސާއަށް ޒިންމާވާންޖެހޭ ފަރާތަކަށްވެ ހުރެ އެ ފައިސާއިން ޚަރަދުކޮށް، ހިސާބުތަކަށް ވެއްދުމުގައި އިހުމާލުވުމާއި އަދި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތްނޫން ގޮތަކަށް ޚަރަދުކުރުމަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަކަށް ވާތީ، މިކަމުގައި ޒިންމާވާ ފަރާތަކާމެދު ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 48 ވަނަ މައްދާގައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅުމަށް ވަނީ އަންގާފައެވެ.

އަދި މިއީ ޚިޔާނާތަށް މަގުފަހިވާގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް ބެލެވޭތީ، މިމައްސަލަ ކަމާއި ބެހޭ ފަރާތުން ތަހުޤީޤު ކުރުމަށް ވަނީ ރިޕޯޓުގައި ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
71%
4%
0%
8%
0%
17%
ކޮމެންޓް
21 ޖެނުއަރީ 2020 | އަންގާރަ 15:03
ވިލިގިލީ ކައުންސެލަރު
ތިތަނުގައި އޭރު ހުރި ޝަރީޒާ އަކި އެޕް ޕީ ސައުދުގެ ޖާރިޔާއެއް. މިކަން ވަރަށް ރަނގަޅަށް ތަޙޫޤީޤު ކުރުމަށް ގޮވާލަން.
21 ޖެނުއަރީ 2020 | އަންގާރަ 15:00
އަރީޝަ
ތިއަށްވުރެ ގިނަވާނެ ކައިގަ ހުރިވަރު .... ތީގަ އެބައުޅޭގޯހެއް ،.... ކޮމެޓީގެ ރައިސާ ލާރިގަޑުކަޓުވާލީ ސައުދު ބުނެގެން