ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 11:25
ފުޓުބޯޅަ ކުޅުންތެރިޔާ އެމިލިއާނޯ ސަލާ
ފުޓުބޯޅަ ކުޅުންތެރިޔާ އެމިލިއާނޯ ސަލާ
ގޯލް.ކޮމް
އެމިލިއާނޯ ސަލާ
އެމިލިއާނޯ ސަލާގެ މަރަށް އަހަރެއްވީއިރު އާއިލާ އަދިވެސް އިންސާފު ނުލިބިފައި!
 
ސަލާ ވަނީ ސިއަން އަދި ބޯޑޯއަށްވެސް ކުޅެފައި
 
ޖެޓް ދުއްވަން އިން ޕައިލެޓް ޑޭވިޑް އިބޮސްޓޮންގެ ހަށިގަނޑު އަދިވެސް ނުފެނޭ
 
ޖެޓް ގެއްލުނ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު

އިނގިރޭސި ވިލާތުގެ ޖަރސީ އައިލެންޑްސް ސަރަޙައްދުގެ ކަނޑު އަޑިއަށް ވެއްޓުނު ޖެޓުގެ ތެރެއިން ފެނުނު ފުޓުބޯޅަ ކުޅުންތެރިޔާ އެމިލިއާނޯ ސަލާގެ މަރަށް އަހަރެއްވެފައިވާއިރު، އޭނާގެ މަރާއި ގުޅިގެން ޢާއިލާއިން ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބު ނުލިބޭތީ އެ ޢާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ނިމިދިޔަ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު "ޕައިޕާ މަލިބޫ" ނަމަކަށް ކިޔާ މި ޖެޓް ގެއްލިފައިވާއިރު، ޖެޓް ފެނިފައިވަނީ އޭގެ 13 ދުވަސް ފަހުންނެވެ. އެގޮތުން އާޖެންޓީނާގެ ފޯވަރޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ޑޭވިޑް އިބޮސްޓަންވެސް އޭރު ޖެޓުން ދަތުރުކުރަމުން ގެންދިޔައެވެ.

ކަނޑުގެ 65 މީޓަރު އަޑިން ޖެޓް ފެނުނުއިރު ސަލާގެ ހަށިގަނޑު ފެނިފައި ވީނަމަވެސް ޖެޓު ދުއްވަން އިން ޕައިލެޓް ޑޭވިޑް އިބޮސްޓޮންގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެއެވެ.

ރަސްމީކޮށް ޖެޓު ހޯދުމުގެ މަސައްކަތް އޭރު ހުއްޓާލާފައި ވަނިކޮށް، އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ފެނިފައި ވަނީ

ފުޓުބޯޅަ ގިނަ ތަރިންތަކެއްގެ އިތުރުން ޢާންމުންގެ ގިނަ ބަޔެއްގެ އެދުމުގެ މަތިން އޭނާ ހޯދަން ހުއްޓާނުލާ ކުރި މަސައްކަތުންނެވެ.

މި ހާދިސާއަށް 1 އަހަރުވެފައިވާއިރު، ހާދިސާއާއި ގުޅިގެން ޖަވާބު ނުލިބޭ އެތައް ކަންކަމެއް އެބަހުރިކަމަށް ބުނެ ސަލާގެ އާއިލާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އައިސްފައިވާ ކާޑިފް ރެލިގޭޝަނުން ސަލާމަތްކުރުމަށް އެޓީމަށް ސަލާ ގެންގޮސްފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓުގައި ކާޑިފް އަށް ސަލާ ދަތުރުކުރަމުން ދިޔައީ އެޓީމާއި ގުޅުމަށެވެ.

ފްރާންސްގެ ނެންޓެސްއަށް ކުޅެމުން އައި ސަލާ ވަނީ އެޓީމަށް ކުޅުނު 130 މެޗުގައި 48 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ހަތަރު ސީޒަން ހޭދަކޮށްފައެވެ.

އާޖެންޓީނާއަށް އުފަން އުމުރުން 28 އަހަރުގެ ސަލާ ވަނީ ސިއަން އަދި ބޯޑޯއަށްވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް