ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 08:46
އުރްވަޝީ
އުރްވަޝީ
ހިންދުސްތާނީ ޓައިމްސް
އުރްވަޝީ
މޯދީގެ ޓުވީޓް "ކޮޕީ" ކުުރުމުން އުރްވަޝީއަށް ގިނަ ފާޑުކިޔުންތަކެއް!
 
ފާޑުކިޔާފައިވާ މީހުން ބުނީ ރީޓުވީޓް ވެސް ކުރެވޭނެ ކަަމަށް
 
ޓުވީޓް ވަނީ އަކުރުން އަކުރަށް ކޮޕީ ކޮށްފައިވާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޓުވީޓެއް "ކޮޕީ" ކުުރުމުން ފިލްމީ ތަރި އުރްވަޝީ ރައުޓެއްލާއަށް ޓުވިޓަރ ގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ވެޓްރަން އެކްޓަރ ޝަބާނާ އަޒްމީ ވަނީ ހޮނިހިރު ދުވަހު އެކްސިޑެންޓްވެ، އައިސީޔޫގައި ފަރުވާދޭން ޖެހިފައެވެ. އަދި މިހާރު ވެސް ޝަބާނާ އޮތީ ހޮސްޕިޓަލުގައި އެކި ޓެސްޓްތައް ހެދުމަށްޓަކައި އެޑްމިޓް ކޮށްފައެވެ.

ޝަބާނާގެ އެކްސިޑެންޓާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝަބާނާ އެކްސިޑެންޓްވި ޚަބަރު އެހީ ފުން ހިތާމައާއެކު ކަަމަށާއި އޭނާއަށް އަވަސް ފަރުވާއަކަށް އެދޭ ކަމަށެވެ. އުރްވަޝީ ވެސް ވަނީ ނަރެންދްރަ މޯދީގެ ޓުވީޓު އަކުރުން އަކުރަށް ކޮޕީކޮށް އޭނާގެ އަމިއްލަ އެކައުންޓުން މިގޮތަށް ޓުވީޓުކޮށްފައެވެ. އެކަމާއި ގުޅިގެން ޓުވިޓަރގައި ގިނަ ބަޔަކު ވަނީ އުރްވަޝީއަށް ފާޑުކިޔާފައެވެ.

މޯދީގެ ޓުވީޓާއި އުރްވަޝީގެ ޓުވީޓް

ފާޑުކިޔާފައިވާ ބައެއް މީހުން ވަނީ ނަރެންދްރަ މޯދީގެ ޓުވީޓެއް ކޮޕީ ކުރުމުގެ ބޭނުމަކީ ކޮބައިކަމަށް ބުނެ ސުވާލު އުފައްދާފައެވެ. އަދި ޓުވީޓު ކޮޕީ ނުކޮށް ރީޓުވީޓް ކޮށްލި ނަމޭއޭ ވެސް އެމީހާ ބުނެފައިވެއެވެ. އަދި އޭނައަކީ "ކޮޕީ ކެޓް" އެއް ކަމަށް ބުނެ ވެސް ވަރަށް ގިނަ މީހުން ފާޑުކިޔާފައިވެއެވެ. މީގެ އިތުރުން ބައެއް މީހުން ބުނެފައިވަނީ އުރުވަޝީ މިކަން ކޮށްފައިވަނީ މީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
25%
25%
50%
ކޮމެންޓް